ads
ބެންގަލޫރު އެފްސީގެ ކެޕްޓަން ސުނިލް ޗެތްރީ
ބެންގަލޫރު ކޭމްޕުން ތިން ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވް
ފެށޭ ހަފުތާގައި އޭއެފްސީ ކަޕުގެ ކޮލިފައިންގައި ވާދަކުރަން ތައްޔާރުވަމުން އަންނަ ބެންގަލޫރު އެފްސީ ޓީމުގެ ކޭމްޕުން ތިން ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އެހެންނަމަވެސް އެއީ ކޮން ތިން ކުޅުންތެރިންނެއް ކަމެއް އެ ކްލަބުން ހާމަކޮށްފައެއް ނުވެއެވެ.

ބެންގަލޫރު އެފްސީގެ ކޭމްޕުން ތިން ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވިކަން އެ ކްލަބުން އިއުލާން ކުރިއިރު އެ ކްލަބުންވަނީ އޮނަތިރީސް ކުޅުންތެރިންގެ މައްޗަށް ހިމެނޭ ސްކޮޑެއް އޭއެފްސީ ކަޕަށް ރަޖިސްޓްރީކޮށްފައެވެ. އޭނގެތެރޭގައި ބިދޭސީ ހަތަރު ކުޅުންތެރިން ވެސް ހިމެނެއެވެ. 

އޭއެފްސީ ކަޕު ކޮލިފައިންގައިވެސް ބެންގަލޫރު އެފްސީ ލީޑު ކުރާނީ ދާދި ފަހުން ކޮވިޑަށް ފަރުވާ ހޯދުމަށް ފަހު ޕްރެކްޓިސްގައި ބައިވެރިވާން ފެށި ކެޕްޓަން ސުނިލް ޗެތްރީއެވެ. ބެންގަލޫރު ސްކޮޑުން މި ފަހަރު ޖާގަ ނުލިބުނު މަޝްހޫރު ކުޅުންތެރިއަކީ ޑިމާސް ޑެލްގަޑޯއެވެ. ބެންގަލޫރު އެފްސީގެ އައު ކޯޗުގެ އިރުޝާދުގެ ދަށުން އެކުލަވާލި ސްކޮޑުން ޑިމާސް ބާކީކޮށްފައިވާއިރު، ބެންގަލޫރު ބީ ޓީމުން ފަސް ޒުވާން ކުޅުންތެރިއަކު އޭއެފްސީ ކަޕް ކޮލިފައިންގ ސްކޮޑުގައި ހިމަނާފައިވެއެވެ.

ބެންގަލޫރު އެފްސީން ތައްޔާރުވަމުން އަންނަނީ އަންނަ ބުދަ ދުވަހު، އޭއެފްސީ ކަޕް ކޮލިފައިންގައި ނޭޕާލުގެ އާމީ ޓީމާ ދެކޮޅަށް ކުޅޭ މެޗަށެވެ. މި މެޗުން މޮޅުވާ ޓީމެއް ގްރޫޕު ސްޓޭޖުން ފުރުސަތު ހޯދުމަށް ކުޅެން ޖެހޭނީ ހަމަ އެ ދުވަހު ރާއްޖޭގެ ކްލަބު އީގަލްސްއާ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ވާދަކުރާ މެޗުން މޮޅުވާ ބަޔަކާއެވެ.

ގްރޫޕް ސްޓޭޖުން މިހާރު ޖާގަ ހޯދާފައިވަނީ ރާއްޖޭން މާޒިޔާއާ، ބަންގްލަދޭޝްއިން ބަޝަންދުރާ ކިންގްސް އަދި އިންޑިޔާއިން އޭޓީކޭ މޯހަން ބަގާންއެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގެ ކޮލިފައިންގައި ބެންގަލޫރު އެފްސީވަނީ ރާއްޖޭގެ މާޒިޔާ އަތްދަށުވެ ގްރޫޕް ސްޓޭޖުން ފުރުސަތު ނުލިބި މުބާރާތުން ކަޓާފައެވެ. 

މިދިޔަ ސީޒަން ވެގެންގޮސްފައިވަނީ އެ ކްލަބުގެ ތާރީޙުގައި އެންމެ ނާކާމިޔާބު އަހަރަށެވެ. އޭނގެ ފަހުން މި އަހަރުގެ ސީޒަންގައިވެސް ފައްޗަކަށް ބަލިވެ، ޓީމު ޕްރެޝަރަށް ވެއްޓުމުން ހެޑް ކޯޗުވަނީ މަގާމުން ވަކިކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް