ads
ޓެއިލާ ސްވިފްޓް ---
ފިއާލެސްގެ ޓެއިލާސް ވާޝަން ރިލީޒް ކޮށްފި!
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓް މީގެ 13 އަހަރު ކުރިން ރިލީޒްކުރި އަލްބަމް "ފިއާލެސް" ގެ ލަވަތައް އަލުން ރިކޯޑު ކުރުމަށްފަހު ރިލީޒް ކޮށްފިއެވެ.

ޓެއިލާ 2008 ވަނަ އަހަރު "ފިއާލެސް" އަލްބަމް ރިލީޒް ކުރީ ޖުމުލަ 13 ލަވަ އަކާއެކު އެވެ. ނަމަވެސް އޭނާ އިއްޔެ ރިލީޒް ކުރި މި އަލްބަމްގެ "ޓެއިލާސް ވާޝަން"ގައި ޖުމުލަ 26 ލަވަ ހިމެނެއެވެ.

އަލަށް ރިލީޒް ކުރި އަލްބަމްގައި 26 ލަވަ ހިމެނެނީ، އަލްބަމް ހެދި އިރު، އެ އަލްބަމްގައި ހިމެނުމަށް ނެގި، ނަމަވެސް އޭރު އަލްބަމްގައި ނުހިމަނަން ނިންމި ލަވަތައް ހިމަނައިގެން ކަމަށް މީގެ ކުރިން ޓެއިލާ ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

ޓެއިލާގެ ފިއާލެސް އަލްބަމް 2008 ގައި ރިލީޒް ކޮށްފައިވަނީ ބިގް މެޝިން ރިކޯޑްސްގެ ކުޑައިގެ ދަށުގައެވެ. އެ އަލްބަމަކީ ޓެއިލާގެ މަސައްކަތެއް ނަމަވެސް، އެއަލްބަމްގެ ރިކޯޑިންގެ ރައިޓްސް އޮތީ ބިގް މެޝިން ރިކޯޑްސްގެ އަތުގައެވެ. އެއާއެކު ފިއާލެސްގެ ފަހުން، 2019ގައި ޓެއިލާ ރިލީޒް ކުރި "ލަވާ" އަލްބަމްގެ ކުރިން ރިލީޒް ކުރި ހުރިހާ އަލްބަމެއްގައި ހިމެނޭ ލަވަތަކުގެ މާސްޓާ ރިކޯޑިންސްގެ ރައިޓްސް އޮތީ ބިގް މެޝިން ރިކޯޑްސްގެ އަތުގައެވެ.

މީގެ ކުރިން ޓެއިލާ ރިލީޒް ކޮށްފައިވާ ހުރިހާ އަލްބަމެއްގެ ހުރިހާ ލަވަތަކެއް އަލުން ރެކޯޑު ކޮށް ރިލީޒް ކުރުމަށް ޓެއިލާ ނިންމާފައިވަނީ، އޭނާގެ ކުރީގެ ރިކޯޑިންޑްތަކުގެ ރައިޓްސް ހޯދުމަށް ކުރި މަސައްކަތުން ކޯޓަށް ގޮސްގެންވެސް ނާކާމިޔާބާއި ކުރިމަތިވުމުންނެވެ. އަދި މިއީ ޓެއިލާގެ އަމިއްލަ ލަވަތަކުގެ ކޮންޓްރޯލް ހޯދުމަށް ކުރި ކަމެއް ކަމަށާއި، ރިކޯޑް ލޭބަލެއްގެ ދަށުން ރިލީޒް ރެކޯޑުކޮށް ރިލީޒް ކުރާ ލަވަތަކުގެ ކޮންޓްރޯލް އޮންނާނީ އެ ރިލީޒް ކުރި ރެކޯޑް ލޭބަލްގެ އަތުގައި ކަމަށް ސީއެންއެންއިން ބުނެފައިވެއެވެ. 

މިދިޔަ އަހަރު ޓެއިލާ ވަނީ މުޅިން އާ ދެ އަލްބަމެއް ނެރެފައެވެ. އެއީ ޖުލައި 24ގައި ރިލީޒް ކުރި ފޯކްލޯ އަލްބަމާއި ޑިސެމްބަރު 11ގައި ރިލީޒްކުރި އެވާމޯ އަލްބަމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް