ads
ޔާމީން ރަޝީދު
މިއަދަކީ ޔާމިން ރަޝީދުގެ 33 ވަނަ އުފަން ދުވަސް
މިއަދަކީ 2017 ވަނަ އަހަރު އޭޕްރިލް 23 ގައި އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ އުފަން ދުވަހެވެ.

ތޫނު އެއްޗަކުން ހަމަލާދީ އެނާ މަރާލާފައިި ވާއިރު، މިއަދު އޭނާ ދުނިޔޭގައި ހުރި ނަމަ ފާހަގަ ކުރަމުން ދާނީ 33 ވަނަ އުފަން ދުވަހެވެ. 

އެގޮތުން މިއީ އޭނާގެ އުފަން ދުވަސްކަން ފާހަގަ ކުރަމުން އޭނާގެ އާއިލާގެ ފަރާތުން ވަނީ މި ދުވަސް ފާހަގަކޮށް ހިތާމަ ފާޅުކޮށްފައެވެ.  

"މިއަދަކީ ކޮއްކޮގެ އުފަން ދުވަސް. މިއަދު ކޮށްކު ހުރިނަމަ 33 އަހަރު ފުރޭނެ. މާތް ﷲ ތިބާއަށް ސުވަރުގެ މިންވަރުކުރައްވާށި،" -ޔާމިންގެ ދައްތަ-

އޭނާގެ ދައްތަވަނީ ޔާމިން އަށް އިންސާފު ލިބޭތޯ ވެސް ދުއާކޮށްފައެވެ. 

ޔާމީން މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ހ. އަންނާރުމާގެ އިސްމާއިލް ހައިޝަމް ރަޝީދު، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލް، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާން، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ. އެގޮތުން މި ހަ މީހުންގެ މައްޗަށްވެސް ދައުލަތުން ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. 

މީގެ ކުރިން ބޭއްވި ޝަރީޢަތުގެ އަޑުއެހުމެއްގައި ޔާމީން ބެލި ޑޮކްޓަރު ވަނީ ހެކިބަސް ދީފައެވެ. އެގޮތުން ޔާމީންގެ ހަށިގަނޑުގެ އެތަން މިތަނުގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް އެއްވެސް ވިންދެއް ނެތް ކަމަށް ޑޮކްޓަރު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފައިވެއެވެ. އަދި ޔާމީން ދިރިއުޅުނު ގޭގެ ލިފްޓް ބޭރުގައި ހުރި ކެމެރާ އިން ފެނުނު ފިންގަޕްރިންޓާއި ދައުވާ ލިބޭ އިސްމާއިލް ހައިޝަމް ރަޝީދުގެ ފިންގަޕްރިންޓާއި ދިމާވާ ކަމަށް މީގެ ކުރީގެ އަޑުއެހުމެއްގައި ފުލުހަކު ކޯޓުގައި ހެކިބަސް ދީފައިވެއެވެ.

ޔާމީން ރަޝީދުގެ އިތުރުން ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ މީހުންގެ ތެރޭގައި ނޫސްވެރިއާ އަހުމަދު ރިލްވާނާއި، ޑރ. އަފްރާޝީމް އަލީ ވެސް ފާހަގަ ކޮށްލެވެއެވެ. 

2017 ވަނަ އަހަރު އޭޕްރިލް 23 ގައި އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދަށް ހަމަލާ ދިން ވީޑިއޯއެއް މިއަހަރުގެ 23 ފެބްރުއަރީގައި ވަނީ ޝަރީއަތުގައި ދައްކައިފި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް