ads
ފޮޓޯ--އިންޑިއާ ނޭވީ ސިފައިންގެ ހެލިކަޕްޓަރު ބޭނުން ކުރަނީ
ރާއްޖޭގައި އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރެއް ބޭނުން ކުރަނީ!
ރާއްޖެގައި ބަލިމީހުން އުފުލުމަށް އިންޑިއާ ނޭވީ ސިފައިންގެ ހެލިކޮޕްޓަރު ބޭނުން ކުރަމުން އެބަގެންދެ އެވެ.

މިކަން ހާމަވެފައިވަނީ އެމްއެންޑީއެފުން ތ.ގުރައިދޫއިން ބަލިމީހަކު ހެލިކަޕްޓަރު މެދުވެރިކޮށް މާލެ ގެނައި ކަމަށް ބުނެ އާންމުކޮށްފައިވާ ނޫރޮގު ތަކެއްޖެހި ހެލިކޮޕްޓަރުގެ ފޮޓޯ އަށް އާންމުންގެ މީހަކު އިންޑިއާ ނޭވީ ސިފައިންގެ ހެލިކަޕްޓަރުގައި ބަލި މާހާ އުފުލާ މަންޒަރު ހާމަވާ ފޮޓޯއެއް އާންމު ކުރުމާ އެކުގަ އެވެ. އޭނާ ފަހުން ވަނީ އެ ހެލިކޮޕްޓަރުގެ ވީޑިއޯއެއްވެސް ލާފައެވެ. 

އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރެއް ރާއްޖޭގައި ބޭނުންކުމުން އަންނަނީ ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރުތައް މަރާމާތުކުރުމުގެ މަސައްކަތެއް ކުރިއަށްދާތީކަމަށް ވެސް އިތުބާރުހުރި މަސްދަރަކުން ވަނީ މައުލޫމާތު ދީފައެވެ. 

ރާއްޖޭގައި ދެ ހެލިކަޕްޓަރު އޮންނަ އިރުގައި، މައުލޫމާތު ލިބިފައިވާ ގޮތުން އެ ހެލިކަޕްޓަރުތައް މެއިންޓަނެސްއަށް ގްރައުންޑް ކުރަން ޖެހޭތީ އިންޑިއާ ނޭވީ ސިފައިންގެ ހެލިކަޕްޓަރު ބޭނުން ކޮށްފައިވާ ރިޕްލޭސްމެންޓެއްގެ ގޮތުނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް