ads
ވޯޓުލާން އަދި ނުކުތީ އެންމެ 21 ޕަސަންޓު މީހުން
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް ވޯޓުލާން އަދި ނުކުތީ އެންމެ 21 ޕަސަންޓު މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. 

އެގޮތުން މިހާތަނަށް ނުކުތް މީހުންގެ އަދަދު 80،000 އަށްވުރެ އިތުރުކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވިއެވެ.   

އަދި ބައެއް ފޮށި ތަކުގައި ވޯޓު ލާން ދާ މީހުންގެ އަދަދު ވަރަށް މަދު ކަމަށާއި އެގޮތުން މިފަދަ ފޮށި ތަކުގެ ގޮތުގައި ފާހަގަ ކުރެވިފައި ވަނީ އައްޑޫ، ގދ އަތޮޅު އަދި ތ. އަތޮޅުގެ ފޮށިތައް ކަމަށް ވެސް އީސީ ޝަރީފު ވިދާޅުވިއެވެ. އަދި މި ފޮށިތަކުގައި ވޯޓު ލާން ދިޔަ މީހުންގެ ނިސްބަތް 20 އިންސައްތައަށް ވުރެ ދަށް ކަމަށްވެސް ޝަރީފު ފާހަގަ ކުރެއްވިއެވެ. 

ނަމަވެސް ހަވީރު ވެގެން ދާއިރު ވޯޓުލާން ދާ މީހުންގެ އަދަދު ގިނަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

އެހެން ކަމުން ކުރިއަށް މިދާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި، ވޯޓު ލާނެ ކަމަށް ލަފާ ކުރެވެނީ، ވޯޓު ލުމުގެ ހައްގު ލިބިފައިވާ ފަރާތް ތަކުގެ 35 އާއި 40 އިންސައްތަ އާއި ދެމެދުގެ މީހުން ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ. 

އެހެން އަހަރު ތަކާއި ހިލާފަށް މިއަހަރުގެ އިންތިހާބުގައި ވޯޓުލާންދާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެ، ވޯޓުގެ ފޯރި ގެއްލިފައި ވާކަން ވެސް ފާހަގަ ކުރެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް