ads
ވީޑިއޯ ރިޕޯޓް:
ވޯޓާއެކު ދެ ވަނަ ލޮކްޑައުންއަކަށް ގޮސްދާނެ ބާ؟
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް ހާއްސަ ކޮމިޓީތަކުގެ އިންތިހާބު މިއަދު ހެނދުނު ފަށާފައިވާއިރު، އެންމެ ގަދައަށް ދެކެވެމުން އައި އެއް ވާހަކައަކީ، ކޮވިޑާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދޭ ވާހަކައެވެ. ނަމަވެސް ފެންނަ މަންޒަރު ވަރަށް ތަފާތެވެ.

ވޯޓުލުން ހުޅުވާލުމާއެކު، އެކި ވޯޓު ސްޓޭޝަންތަކަށް މީހުން ދިޔަ ނަމަވެސް، އާންމުކޮށް އިންތިހާބުތަކުގައި މީހުން ކިއު ހަދާވަރާއި މިފަހަރު ގާތްވެސް ނުކުރެއެވެ. މި ކަމުގެ ތެރެއިންވެސް ފާހަގަވި އެއްކަމަކީ، ކޮވިޑްގެ މިހާލަތުގައި ގިނަ ބަޔަކު ފަރުވާ ކުޑަވަމުން ދިޔަ މަންޒަރެވެ. 

ކޮންމެ ވޯޓު ސްޓޭޝަނެއްގެ ބޭރުގައި އެތައް ބަޔަކު ތިބި އިރު، ގްރޫޕު ގްރޫޕަށް އެތައް ބަޔަކު ސިނގިރޭޓު ބޯން ތިއްބެވެ. ގައިމުވެސް ސިނގިރޭޓުބޯ ބަޔަކު ތިބޭނީ މާސްކު އަޅައިގެނެއް ނޫނެވެ. 

ދެން ތިބީ ވޯޓުލައި ނިމިގެން ހަމަ އަނގަތަޅާތަން ތިބި މީހުންނެވެ. އެތައް ދުވަހެއް ފަހުން ދިމާ ވުމުން، ދައްކަން ބޭނުންވާ ވާހަކަ ގިނަވުމުން ވާހަކަ ދައްކަން ތިބި މީހުންނެވެ. ނަމަވެސް މިހެން ތިބި އިރުވެސް ބައެއް މީހުން މާސްކު ނާޅާ އުޅުން ކަމީ ހިތާމަ ހުރި ކަމެކެވެ. 

މާސްކު ނެތްތާ، ވޯޓު ސްޓޭޝަންތަކުގެ ބޭރުން ފެނުނީ ގައިދުރުކަމެއް ނެތި އެތައް ބަޔަކު ތޮއްޖެހިގެން ތިބި މަންޒަރެވެ. ފެންނަ ފެނުމަށް ހީވަނީ މުޅި މާލެއިން ކޮވިޑް ބަލި ނެތިގެން ގޮސްފިހެނެވެ. 

ކަރަންޓީނުގައި ނުވަތަ އެކަހެރިކޮށްފައިވާ މީހުންނަށް ވޯޓުލުމުގެ ފުރުސަތު އިލެކްޝަނާއި އެޗްޕީއޭއިން ފަހިކޮށްދީފައިވާއިރު، ގިނަ ބައެއްގެ ކަންބޮޑުވުމަކަށްވީ، މިއީ އަނެއްކާ ބަލި ފެތުރުމަށް ދެވޭ ފުރުސަތެއްތޯ އެވެ. 

މިކަމާ ގުޅިގެންވެސް އާންމުންގެ މެދުގައި އުފެދުނީ އިތުރު ނުތަނަވަސްކަމެކެވެ. ކަރަންޓީން މީހުންނަށް ހާއްސަ ގަޑީގައި އެހެންމީހުންނަށްވެސް ވޯޓުލެވޭ ގޮތް ހަދާފައިވާކަން ވެސް އިލެކްޝަން ކޮމިޝަނުން ވަނީ ސީއެންއެމްއަށް ކަށަވަރުކޮށްދެއްވާފައެވެ. 

އީސީން ވަނީ އެފަދަ ނިންމުމެއް އެކޮމިޝަނުން ނިންމީ ކަރަންޓީންވެފައިވާ މީހުންގެ މައުލޫމާތުތައް އެޗްޕީއޭއިން އެ ކޮމިޝަނާއި ހިއްސާކޮށްފައި ނުވާތީ ކަމަށް ބުނެފައެވެ. މިއީވެސް ހަމަ ކަރަންޓީނުގައި ތިބި މީހުން އެހެން މީހުންނާ ކޮންޓެކްޓުވެ، އިތުރު ކްލަސްޓާއެއް އުފެދުމުގެ ފުުރުސަތު އޮތް ކަމެކެވެ.

އެޗްޕީއޭއިން ކަރަންޓީނުކޮށްފައިވާ މީހުންނަކީ ކޮބާކަމެއް ނުވަތަ ނުވާ މީހުނަކީ ކޮބާކަމެއް އީސީއަށް އަދި ވޯޓު ސްޓޭޝަންތަކުގައި ތިބި މީހުންނަށް އެނގޭނެ ގޮތެއް ނެތެވެ.

 މިހާލަތުގައި ކަރަންޓީނު ނުވާ މީހުނާއި، ކަރަންޓީނުގައިވާ މީހާ ވޯޓުލާން އައިނަމަ ވެސް އެކަން ފާހަގަ ކުރެވޭނެ ވަކި ގޮތެއް ނެތެވެ. 

ގައިމުވެސް އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް މި ކަމުގައި އެބަހުއްޓެވެ. ކޮންމެ މީހަކު ވެސް ބޭނުންވާނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން އަދި ބަލި އިތުރަށް ނުފެތުރުންކަން ކަށަވަރެވެ. ނަމަވެސް މިހާރު ކަން ހިނގާ ގޮތުން ބޮޑު އިތުރު ކްލަސްޓާއެއް އުފެދުމީ ވުން ގާތުގައި އޮތް ކަމެކެވެ. ކުރިއަށްއޮތް ރަމްޟާން މަހު އިތުރު ލޮކްޑައުންއަކަށް ދިއުމީ ގައިމުވެސް އެކަކުވެސް އެދޭނެ ގޮތެއް ނޫނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް