ads
ދަގަނޑޭ ނިއުގެ ޖަރޒީގައި
އޭއެފްސީ ޑްރީމް ޓީމުގައި ދަގަނޑޭ
އޭޝިޔާގެ ފުޓްބޯޅައިގެ ދެވަނަ ފަންތީގެ ކްލަބުތަކުގެ އެންމެ މޮޅު އެގާރަ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ގޮތަށް ސަޕޯޓަރުންގެ ވޯޓުން ހޮވި އެންމެ މޮޅު އެގާރަ ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ އެއްމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު ހިމެނިއްޖެއެވެ.

އޭއެފްސީ ކަޕުގެ ޑްރީމް ޓީމުގައި ދަގަނޑޭ ހިމެނުނުއިރު ދަގަނޑޭއަކީ ދެކުނު އޭޝިޔާ ސަރަހައްދުން މި ޓީމުން ޖާގަ ލިބުނު ހަމައެކަނި ކުޅުންތެރިޔާއެވެ. ދެކުނު އޭޝިޔާ ސަރަހައްދުން ޑްރީމް ޓީމުގެ ވޯޓިންއަށް ދަގަނޑޭއާ އެކު އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ނޮމިނޭޓްވީވެސް އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ އެކަންޏެވެ. ދަގަނޑޭގެ އިތުރުން ދެން ޑްރީމް ޓީމުގައި ހިމެނެނީ މެދު އިރުމަތީގެ ބައެއް ކުޅުންތެރިންނާ އާޝިޔާން ސަރަހައްދުގެ ކުޅުންތެރިންނެވެ.

ދަގަނޑޭވަނީ މީގެ ކުރިން އޭއެފް ސީގެ އެންމެ މޮޅު ސޯލޯ ގޯލްވެސް އޮން ލައިން ޕޯލުން ހޯދާފައެވެ. އޭއެފްސީގެ އެންމެ މޮޅު ގޯލަކަށްވެސް ހޮވިފައިވަނީ އެ ލަނޑެވެ. އެއީ ދެހާސް ތޭރަވަނަ އަހަރު ނިއުރޭޑިއަންޓަށް ކުޅުނު އިރު އޭއެފްސީ ކަޕުގައި އިންޑިނީޝިޔާގެ ޕާސިބޯ ކޮޅަށް ދަގަނޑޭ ޖެހި ހިތްގައިމު ލަނޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް