ads
އިދިކޮޅުގެ މުޒާހަރާގެ ތެރެއިން
ރައީސުއްޖުމުހޫރިއްޔާ ނުސީދާކޮށް މިއަދު ކެމްޕެއިން ކުރެއްވި: އިދިކޮޅު
ރައީސުއްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނުސީދާކޮށް މިއަދު ކެމްޕެއިން ކުރެއްވި ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

މިއަދު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ ރައީސް ސޯލިހް ނުސީދާކޮށް މިއަދު ކެމްޕެއިން ކުރެއްވި ކަމަށެވެ.

އަދި ވަކި ކުލައެއްގެ ހެނދުން ތުރު ކުރައްވައިގެން ރައީސް ނަޝީދު ވެސް ނުސީދާ ކެމްޕެއިން ކުރެއްވި ކަމަށާއި އެ އަމަލުތަށް ކުއްވެރިކުރާ ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.

އިދިކޮޅުން މި ތުހުމަތުތަށް ކޮށްފައިވާ އިރުގައި ރައީސް ނަޝީދު މިއަދު ވޯޓު ސެންޓަރުތަށް ކައިރަށް ދިޔަކަމުގެ މައްސަލަވެސް ވަނީ ވަރަށް ހޫނު ވެފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ކެމްޕޭނުކުރުމުގެ ފުރުސަތު ވަނީ އިއްޔެވެ ހަވީރު 18:00 ނިޔަލަށް އީސީއިން ހުއްޓާލުމަށް އަންގާފަ އެވެ.

އިންތިހާބު ކުރިއަށް ދާއިރުގައި ކެމްޕެއިންގެ އެއްވެސް މުއާމަލާތެއް ހިންގުމަކީ ގާގޫނީ ކުށެކެވެ.  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް