ads
ފޮޓޯ ފުލުހުން
ވޯޓު ކަރުދާހުގެ ފޮޓޯ އާންމުކުރާ ކަމުގެ މައްސަލައެއް ފެންމަތި ވެއްޖެ!
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގެ ވޯޓު ކަރުދާސް ސޯޝަލް މީޑިއާގައި އާންމު ކުރަމުންދާ މައްސަލައެއް ފެންމަތި ވެއްޖެ ކަމަށް އީސީއިން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ސީއެންއެމް އަށް ވިދާޅުވީ އެފަދަ ޝަކުވާއެއް އީސީ އަށް ރަސްމީކޮށް އައިސްފައި ނުވާ ކަމަށެވެ. 

އެހެންނަމަވެސް ސޯޝަލް މީޑިއާގައި ވޯޓް ކަރުދާހުގެ ފޮޓޯތަކެއް ދައުރުވާތަން ކޮމިޝަންގެ މެންބަރުންނަށް ފެނިވަޑައިގެންފައިވާތީ އެކަމަށް އިތުރަށް ސަމާލުވުމަށް ވޯޓުފޮށިތަކުގެ ވެރިންނަށް އަންގާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ބައެއް ފަރާތްތަކުން އަންނަނީ އެމީހުން ވޯޓުލީކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ވޯޓު ކަރުދާސްކޮޅުގެ ފޮޓޯ ނެގުމަށްފަހު ވޯޓުލީ ކެންޑިޑޭޓު ޓެގު ކޮށް ވޯޓުލީކަން ދައްކަމުންނެވެ.

ބައެއް ފަރާތްތަކުން ބޭ އަދަބީ ބަހުން ވޯޓު ކަރުދާސް ކޮޅުގައި ލިޔެ ފޮޓޯވެސް ނަގާފައި އެބަހުއްޓެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް