ads
ފޮޓޯ--އެމްއެންޑީއެފް
60،000 ލީޓަރު ޑީސަލާއެކު ރޯވި ބޯޓު އަޑިއަށް ހިނގައްޖެ
60،000 ލީޓަރު ޑީސަލާއެކު ރޯވި ބޯޓު އަޑިއަށް ހިނގައްޖެއެވެ.

ބޯޓު އަޑިއަށް ދިއުމުގެ ކުރިން އޭގައި ތިބި ހަތަރު މީހުން ވަނީ މާލެ ގެނެސްފައިކަމަށް ސިފައިން ބުނެއެވެ. 

އެމީހުން މާލެ ގެނައީ އެ ސަރަހައްދުން ދަތުރުކުރި އިތުރު އުޅަނދަކުންނެވެ. 

އެމްއެންޑީއެފުން ބުނެފައި ވަނީ ފޭދޫ ފިނޮޅު ކައިރީ އޮތް ތެޔޮ ބޮޓެއް ގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔާޓީމް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ބަނޑޫދޫ ފިނޮޅު ކައިރީގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ލެސްކިޔު ސާވިސަސްއިން ހަރަކާތްތެރިވާން ވަށައިފި އެވެ.

އަދި އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 17:50 ގައި ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް