ads
ޖާންވީ އާއި އިޝާން
މަގުމަތީގައި ދިރިއުޅޭ ކުއްޖަކަށް އެހީވުމުން ޖާންވީއަށް ތައުރީފު އޮހެނީ
ކަރަން ޖޯހަރުގެ ފިލްމު، ދަޅަކްއިން ބޮލީވުޑަށް ތައާރަފުވި ޖާންވީ ކަޕޫރާއި ހަމަ އެ ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ އިޝާން ކައްޓާރުއާ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް ވެސް ފެތުރެމުންދާތާ އެތައް ދުވަހެކެވެ. އިއްޔެ ދެ މީހުން އެކުގައި ގިނަ ވަގުތުތަކެއް ހޭދަކޮށްފައިވާއިރު ޖާންވީ މަގުމަތީގައި ދިރިއުޅޭ ކުއްޖަކަށް ބިސްކޯދުތަކެއް ދިން މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް މިވަނީ އާންމުވެފަ އެވެ.

އުމުރުން 22 އަހަރުގެ ޖާންވީ ކާރަށް އެރުމަށްފަހު އެކުއްޖާއަށް ބިސްކޯދު ތަކެއްދޭ މަންޒަރު ފޮޓޯތަކުން ފެނެ އެވެ. އެއާއެކު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޖާންވީއަށް ތައުރީފު ކުރަމުން އަންނައިރު ގިނަ ބަޔަކު ބުނަމުން އަންނަނީ އެކަމުގެ ސަބަބުން އެނގިގެންދަނީ އޭނާގެ މައިންބަފައިން އޭނާއަށް ދީފައިވާ ތަރުބިއްޔަތުގެ ރަނގަޅުކަން ކަމަށެވެ.

މީގެ ކުރިން ވެސް ޖާންވީ ކާރަށް އަރަންދަނިކޮށް މީހަކު އެހީއަށް އެދުނެވެ. އެގޮތުން އެފަހަރު ވެސް އޭނާ ވަނީ ކާރަށް އެރުމަށް ފަހު އޭނާގެ ވޮލެޓް ހޯދުމަށް މަސައްކަތްކޮށް ނުފެނުމުން ޑްރައިވަރުގެ އަތުން ފައިސާ ނެގުމަށް ފަހު އެހީއަށް އެދުނު މީހާއަށް ފައިސާ ދީފަ އެވެ.

ޖާންވީގެ ހިތްހެޔޮ އެ އަމަލުތަކުގެ ސަބަބުން އޭނާގެ މަންމަ، ޝްރީދޭވީ މަރުވެފައިވީ ނަމަވެސް އުފާކުރާނެ ކަމަށް ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

ޖާންވީ މިހާރު މަސައްކަތް ކުރަމުން އަންނަނީ ކާގިލް ގާލް އެވެ. އެ ފިލްމަކީ ކާގިލް ހަނގުރާމަ ހިނގާދިޔަ ދުވަސްވަރު އިންޑިއާގެ އެއާފޯސްގައި މަސައްކަތް ކުރި ހަމައެކަނި އަންހެން މީހާ، ގުންޖަން ސަކްސޭނާގެ ހަޔާތަށް ނެރޭ ފިލްމެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް