އަނަސް އަދި މުއިއްޒު --
އަނަސް ފަހަތަށް ޖައްސާ، މާލެ ސިޓީ މޭޔަރުކަން މުއިއްޒު ކަށަވަރު ކުރައްވައިފި
Share
ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ މޭޔަރުކަމަށް އިދިކޮޅު ޕީޕީއެމްއިން ވާދަކުރެއްވި ޑރ. މުހައްމަދު މުއިއްޒު މަގާމު ކަށަވަރު ކުރައްވައިފި އެވެ.
Advertisement

ވޯޓުގެ އެންމެ ފަހުގެ ނަތީޖާ ތަކަށް ބަލާއިރު، މުއިއްޒު އުޅުއްވަނީ ބޮޑު ފަރަގަކުން ކުރީގައެވެ.

އެގޮތުން ޖުމުލަ 9،548 ވޯޓާއެކު މުއިއްޒަށް ވަނީ 61.32 އިންސައްތަ ވޯޓު ކާމިޔާބު ކުރެވިފައެވެ. އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރު، 5757 ވޯޓާއެކު އުޅެނީ 36.97 އިންސަައްތައިގައެވެ. އަދި މާލޭ މޭޔަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތި ލެއްވި ކެންޑިޑޭޓު އަލްހާން ފަހުމީއަށް ލިބިފައިވަނީ 265 ވޯޓެވެ. އެއީ 1.7 އިންސައްތަ އެވެ. 

މުއިއްޒު ވަނީ ލިބުނު ކާމިޔާބީ ފާހަގަކޮށް، މިރޭ ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ. އެގޮތުން ރަސްމީކޮށް މަސައްކަތް ހަވާލުވާ ދުވަހުން ފެށިގެން އެންމެ ފުރަތަމަވެސް ފަށާނެ މަސައްކަތަކަށް ވާނީ ގުޅީފަޅުން މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލެއް ހޯދައި ދިނުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު ކަމަށް ވާދަ ކުރެއްވި އަނަސްވެސް ވަނީ ނަތީޖާ ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މުއިއްޒުއަށް މަރުހަބާ ކިޔާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް