އަނަސް އަބްދުލް ސައްތާރު- ފޮޓޯ: ސަން
ސިޔާސަތުތައް ބަދަލު ކުރަން ޖެހޭ: އަނަސް
Share
ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން އެ ޕާޓީގެ ސިޔާސަތުތައް ބަދަލު ކުރަން ޖެހޭކަމަށް، އެމްޑީޕީ ޓިކެޓުގައި މާލެ ސިޓީ މޭޔަރު ކަމަށް ވާދަ ކުރެއްވި އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.
Advertisement

ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާއަށް ފަހު އަނަސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނަތީޖާގެ ވޯޓަށް ބަލާ އެމްޑީޕީގެ ސިޔާސަތުތައް ބަދަލު ކުރަން ޖެހޭ ކަމަށެވެ. 

2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ފަހު، އެމްޑީޕީން ރައްޔިތުން މަޖިލީސް ކާމިޔާބު ކުރީ، ފުރަތަމަ ފަހަރަށް މަޖިލީހުގެ ސުޕާ މެޖޯރިޓީ ނަގައިގެންނެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ކެމްޕެއިން ކުރަމުން އައީ މަޖިލީހުގެ ކާމިޔާބީގެ އެހީތެރިކަމާއެކު އެވެ.

އަނަސް ބަލި ކުރައްވާ މުއިއްޒު މާލެ ސިޓީގެ މޭޔަރުކަން ކާމިޔާބު ކުރެއްވިކަން ކަށަވަރު ކުރައްވާފައިވަނީ 9،548 ވޯޓާއެކު އެވެ. އެއީ ވޯޓުލީ މީހުންގެ 61.32 އިންސައްތަ އެވެ. އަނަސް އަށް ކާމިޔާބު ކުރެވުނީ 5757 ވޯޓެވެ. އެއީ 36.97 އިންސަައްތަ އެވެ.

މުއިއްޒު ހޯއްދެވި ކާމިޔާބީއަށް އަނަސް ވަނީ މަރުހަބާ ކިޔާފައެވެ. އަދި އޭނާއާއި ކުރިމަތިވި ނާކާމިޔާބީ ގަބޫލުކޮށް، އިންތިހާބުގެ ނަތީޖާ ގަބޫލު ކުރައްވާ ކަމަށް އަނަސް ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް