ads
ފޮޓޯ ސޯސަލް މީޑިއާ
ވަގުތީ ނަތީޖާތަށް އިއުލާނުކުރުން މިއަދު ހަވީރު
2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު ހަވީރު އިއުލާނު ކުރަަން ފެށޭވަރު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް މިއަދު ވިދާޅުވީ މިވަގުތު ވެސް ދެ ވޯޓެއް މުޅީން ގުނާ ނިމިފައިނުވާ ކަމަށާއި ހުރިހާ ވޯޓްފޮއްޓެއް ގުނާ ނިމި މަރުކަޒުގައި ނަތީޖާ އިއުލާނު ކުރުމަށް ފަހު ކޮމިޝަނުން ވަގުތީ ނަތީޖާ އިއުލާނު ކުރަން ފަށާނެ ކަމަށެވެ. 

މިއަދު ހަވީރުގެ ވަގުތަށް ފަހު، ވަގުތީ ނަތީޖާ އިއުލާނު ކުރަން ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާފައި ވަނީ 713 ފޮއްޓެކެވެ.

އަދި އިންތިހާބުގައި އެމްޑީޕީން، 826 ކެންޑިޑޭޓުން ޕީޕީއެމްއިން 647 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން 115 ކެންޑިޑޭޓުން،  އަދާލަތު ޕާޓީން  28 ކެންޑިޑޭޓުން، އެމްޑީއޭ އިން 20 ކެންޑިޑޭޓުން، އެމްއާރްއެމް އިން 15 ކެންޑިޑޭޓުން، އެމްއެލްއެސްޑީޕީ އިން 4 ކެންޑިޑޭޓުން އަދި ޑީއާރުޕީ އިން 1 ކެންޑިޑޭޓް ވާދަކުރި އެެވެ. އަމިއްލަ ގޮތުން  609 ކެންޑިޑޭޓަކު ބައިވެރިވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް