ads
އިބްރާ
މާލެ އެމްޑީޕީއަށް މީހުންގެ އަޑު އިވިއްޖެ ކަމަށް ހީކުރަން: އިބުރާ
އެމްޑީޕީގެ ކުރީގެ ރައީސްް އިބްރާގެ ފަރާތުން ވަރުގަދަ ބަހުގެ ހަމަލާ ތަކެއް މިހާރުގެ އެމްޑީޕީ ލީޑާޝިޕަށް ދީފިއެވެ.

އޭނާ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެމްޑީޕީގެ ލީޑާޝިޕަށް މާލެ މީހުންގެ އަޑު އިވިއްޖެ ކަމަށް ހީކުރާ ކަމަށެވެ.

"އަދިވެސް ބޭނުން ވަނީ އެމްޑީޕީ. ނަމަވެސް އެއީ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަ އެމްޑީޕީއެއް،" - އިބްރާ

އޭނާ އެބުނާ އެއްޗެއް އެމްޑީޕީއަށް އެނގިއްޖެތޯ ސުވާލު އުފައްދަމުން ރައީސް ނަޝީދާއި ހަސަން ލަތީފު އެޓްވީޓުގައި ޓެގް ކޮށްފައި ވެއެވެ. 

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން އެމްޑީޕީގެ ލީޑާޝިޕަށް ނުރުހުން ފާޅުކޮށް އޭނާ ވަނީ ވަރަށް ގިނަ ވާހަކަ ދައްކާފައެވެ. 

އެގޮތުން ޕާޓީގެ ވޯޓު ފޮށި ތަކުގައި ޕާޓީގެ ރައީސް އަތް އެޅީމާ މެމްބަރުން ދާން ޖެހުނީ އީސީގެ ވޯޓު ފޮށިން އަޑު އިއްވަން ކަމަށާއި، މިހާލަތުގައި ބުޅަލަކަށް ވޯޓް ދޭން ނުޖެހޭ ކަމަށް ބުނަމުން އޭނާ ބުނީ ވޯޓު ދޭނެ މީހެއް ދައްކަން ޖެހޭނެ ކަމަށެވެ. 

އެމްޑީޕީގެ އަތުގައި ސަރުކާރާއި، މަޖިލީހުގެ 75 އިންސައްތަ އޮވެ ލޯކަލް ކައުންސިލް އިންތިހާބުގައި މިހާ ދެރަ ނަތީޖާއެއް ލިބުނީ ކީއްވެގެންތޯ ވެސް އިބްރާ ވަނީ ސުވާލު އުފައްދާފައެވެ. 

އޭނާވެސް އެމްޑީޕީގެ ރައީސްކަން ކުރި ކަމަށާއި، އޭރު ބޭއްވި މަޖިލިސް އިންތިހާބު ކާމިޔާބު ކުރީ އޭނާ ގޭގައި އިނދެގެން ކަމަށް ބުނަމުން އޭރުގައި އޮތީ ޕާޓީއެއް ކަމަށާއި، މިހާރު އޮތީ ވަކި މީހެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. 

އިއްޔެ ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް އިބްރާ ތާއީދު ކޮށްފައިި ވަނީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް