ads
ފޮޓޯ--އެމްއެންޑީއެފް
ތެޔޮ ބޯޓު އޮތީ 1000 މީޓަރު އަޑީގައި، ތޮޔޮ ލީކެއް ނުވޭ: އީޕީއޭ
60،000 ލީޓަރު ޑީސަލާއެކު ރޯވި ބޯޓު ވަނީ ކަނޑުގެ 1000 މީޓަރު އަޑީގައި ކަމަށާއި ނަމަވެސް ކަނޑަށް އަދ ޑިސަލް ލީކު ނުވާކަމަށް އީޕީއޭއިން ބުނެފި އެވެ.

އީޕީއޭގެ މީޑިއާ އޮފިޝަލް ސީއެންއެމްއަށް ވިދާޅުވީ ތެޔޮ ބޯޓު އަޑިއަށް ގޮސްފައިވާ ސަރަހައްދުގައި ކޯސްޓް ގާޑުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އަދި އެހިސާބު ކަނޑުގައި ތެޔޮގެ އަލާމާތެއް ހުރިތޯ ބަލަމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ބޯޓު އަޑިއަށް ގޮސްފައިވަނީ 1000 މީޓަރަށްވުރެ ފުނަށް ކަމަށާއި އަދި ބެލިބެލުމުން ޑީސަލް ކަނޑަށް ލީކުވެފައިވާ ނުވާކަމަށް ވެސް އޮފިޝަލް ފާހަގަކުރެއްވި އެވެ.

60،000 ލީޓަރު ޑީސަލާއެކު ރޯވި ބޯޓު އަޑިއަށް ގޮސްފައިވަނީ އިއްޔެ އިރުއޮއްސި 18:30 ހާއިރުގަ އެވެ.

ބޯޓު އަޑިއަށް ދިއުމުގެ ކުރިން އޭގައި ތިބި ހަތަރު މީހުން ވަނީ މާލެ ގެނެސްފައިކަމަށް ސިފައިން ބުނެއެވެ.

އެމީހުން މާލެ ގެނައީ އެ ސަރަހައްދުން ދަތުރުކުރި އިތުރު އުޅަނދަކުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް