ads
ޑރ. މުހައްމަދު މުއިއްޒު-
ރައްޔިތުން ކުރެއްވި އިތުބާރު ނަތީޖާއިން ދައްކާދޭނަން: ޑރ. މުއިއްޒު
ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުދެއްވާ ރައްޔިތުން ކުރެއްވި އިތުބާރު ނަތީޖާއިން ދައްކާދޭނަން ކަމަށް މާލެ ސިޓީ މޭޔަރުކަމަށް އިންތިހާބުވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރުކަން ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި ޑރ. މުއިއްޒުއަށް 61.32 އިންސައްތަ ވޯޓު ލިބިފައިވާކަމަށް  ވަގުތީ ނަތީޖާ ދައްކާއިރު، އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުލް ސައްތާރަށް ލިބިފައިވަނީ 36.97 އިންސައްތަ ވޯޓެވެ. އަދި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލި އަލްހާން ފަހުމީއަށް ލިބިފައި ވަނީ 1.70 އިންސައްތަ ވޯޓެވެ.

މި ކާމިޔާބީ އާޢި ގުޅިގެން އެމަނިކުފާނު ކުރެއވި ޓްވީޓެއްގައި ވިދާޅުވީ، މާލޭ ރައްޔިތުންގެ ކުރިމަގު ބައްޓަން ކުރުމުގައި ނަތީޖާ ނެރެއްދެއްވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނާއިމެދު އޮތްކަން މާލޭ ރައްޔިތުން ހާމަ ކޮށްދެއްވީތީ ޝުކުރު އަދާކުރައްވާ ކަމަަށެވެ. 

އަދި ރައްޔިތުން ކުރެއްވި އެ އިތުބާރު އަމާނާތްތެރިކަމާއިއެކު ނަތީޖާއިން އިރާދަކުރެއްވިއްޔާ އަދާކޮށްދޭނަން ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. 

އިއްޔެ ބޭއްވި އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ ބޮޑު އަގުލަބިއްޔަތެއް ލިބިފައިވަނީ އިދިކޮޅު ޕީޕީއެެމްގެ ކެނޑިޑޭޓަށެވެ. އެގޮތުން މާލެސިޓީގެ 18 ދާއިރާއެއްގެ ވޯޓުލުން އިއްޔެ ކުރިއަށް ގޮސްފައި ވާއިރު، އޭގެ ތެރެއިން އެމްޑީޕީއަށް ލިބުނީ އެންމެ ހަތް ގޮނޑިއެވެ. ބާކީ 11 ގޮނޑި ވެސް ކާމިޔާބު ކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމް އިންނެވެ. 

މާލޭ ސިޓީގައި ޕީޕީއެމްއިން ކުރިމަތި ލާފައި ވަނީ 13 ގޮޑިއަށެވެ. އޭގެ ތެރެއިން 11 ގޮނޑި އެ ޕާޓީން ކާމިޔާބު ކޮށްފައި ވާއިރު އެއް ދާއިރާ ފިޔަވާ އެހެން ހުރިހާ ދާއިރާ އަކަށްވެސް އެމްޑީޕީއިން ވަނީ ކުރިމަތި ލާފައެވެ. އަދި އެއްދާއިރާގެ ގޮނޑި އެމީހުންނަށް ވަނީ އޮޓޯއިން ލިބިފައެވެ.


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް