ads
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ހާލި ހެދީ އަޅުގަނޑުމެން، ނަމަވެސް ޕީޕީއެމުން މިއޮތީ ބިސްއަޅާފައި: ރައީސް ނަޝީދު
އެމްޑީޕީން ހެދި ހާއްޔަށް ޕީޕީއެމްއިން އައިސް ބިސް އަޅައިފި ކަމަށާއި އެހެންނަމަވެސް މިއީ ބުޅާ ހެދިގެން ހާއްލި ވައްޓާލަން ވީވަރުގެ ކަމެއް ކަމަށް ދެކެވަޑައި ނުގަންނަވާކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ނިންމާލި އިންތިހާބުގެ ކުރިން ކެމްޕެއިން ތެރެއިން ރައީސް ނަޝީދުވަނީ ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް އައިސްފިނަމަ ކަންކަން ކުރަން ވަރަށް ދަތިފުޅުވާނެ ކަމަށް ވިދާޅުވެފައިވެއެވެ. އެކަން ފާހަގަކޮށް މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ މިހާރު މުއިއްޒު މޭޔަރުކަމަށް ހޮވިވަޑައިގަންފައިވާތީ އެކަމާއި ދޭތެރޭ ދެކެނީ ކިހިނެތްތޯ ސުވާލުކުރައްވާފައެެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، މިހާރު މިއޮތީ ކޮވެއްޔަށް ވީގޮތް ވެނިމިފައި ކަމަށެވެ. އެހެންނަަމަވެސް މިއީ ހާލި ވައްޓާލަން ޖެހޭ ވަރުގެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ޕީޕީއެމްގެ ފަރާތްތެއް ކައުންސިލްތަކަށް އާ ނަމަވެސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްދިނުމުގައި އެބޭފުޅަކަށް ސަރުކާރުން އެެއްބާރުލުން ދޭން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. 

"ހާލި ހެދީ އަޅުގަނޑުމެން ކާޅު، ދެން ޕީޕީއެމް އާސް އެތަނަށް ބިސް އަޅާފަ މިއޮތީ. އަޅުގަނޑު ދެކޭ ގޮތުގައި މިއީކީ އަޅުގަނޑުމެން ބުޅާ ހެނދިފައި ހާލި ވައްޓާލަން ދުއްވާގަންނަންވީ ކަމެއްނޫން އަޅުގަނޑުމެން މި ނިޒާމް ވަރުގަދަކޮށްދީ ރައްޔިތުންނަށް މި ނިޒާމް މެދުވެރިކޮށް ގޮތްތައް ހޯދައިދޭން ޖެހޭނެ. މުއިއްޒު އެކަން ކުރެއްވި ކަމުގައި ވީނަމަވެސް އަދި އެހެން މީހަކު އެކަން ކުރެއްވި ކަމެއް ކަމުގައި ވީނަމަވެސް އެކަން ހިންގުމަށް އަޅުގަނޑުމެންގެ އެެއްބާރުލުން ލިބެންޖެހޭނެ" ރައީސް ނަޝީދު ވިދާޅުވިއެވެ

ރައީސް ނަޝީދު ވިދާޅުވީ އެކަމަށް އެއްވެސް ހުރަހެއް އަޅައިގެން ނުވާނެ ކަމަށާއި، ރައްޔިތުންނަށް މުހިންމުވަނީ އެކަންތަށް ކޮށްދެން ހުންނަ މީހެއް ނޫން ކަމަށާއި ކަންކަން ކޮށްދޭވޭނެ މީހެއް ކަމަށެވެ. 

އެހެންކަމުން ޕީޕީއެމްގެ ކައުންސިލެއް އޮތްކަމުގައި ވީނަަމަވެސް ބަދަހިކަމާއިއެކު ކަންކަން ސަރުކާރާއި ގުޅިގެން ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް