ads
އަދީބު ފިލި ބޯޓުގެ ކެޕްޓަން އަދި ޗީފް އިންޖިނިއަރު ޖަލަށް ލާން ހުކުމްކޮށްފި
ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވި ސިންގަޕޫރުގެ 'ވާގޯ 9' ބޯޓުގެ ކެޕްޓަން އަދި ޗީފް އިންޖިނިއަރު ޖަލަށް ލާން ހުކުންކޮށްފިއެވެ.
ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވި 'ވާގޯ 9' ބޯޓުގެ ކެޕްޓަން އަދި ޗީފް އިންޖިނިއަރު ޖަލަށް ލާން ހުކުމްކޮށްފިއެވެ.


އިންޑޮނޭޝިއާއަށް ނިސްބަތްވާ އެދެމީހުންނާ ދެކޮޅަށް ދައުލަތުން ދައުވާ އުފުލީ އަދީބު ފިލުވުމުގައި އެހީތެރިވެދީފައިވާތީ ޤާނޫނޫ ހިންގަން ހުރައެޅުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

އެމީހުންގެ މައްޗަށް އެކުށް ސާބިތުވެގެން ކްރިމިނަލް ކޯޓުން ހުކުމްކުރީ އެ ދެމީހުންވެސް 3 މަހާއި 18 ދުވަހަށް ޖަލަށް ލުމަށެވެ.

އެ ދެމީހުން ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. އެހެންކަމުން މިދިޔަ ހަފްތާގައި އެ ދެމީހުނަށް އެ ހުކުމް އިއްވީ ދައުވާއަށް އިއުތިރާފުވުމުން ކުށަށް އިއުތިރާފުވާ ޙާލަތުގައި އަދަބުގެ އެއް ދަރަޖަ ދަށް މިންގަނޑުންނެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ޤާނޫނު ހިންގަން ހުރަސްއެޅުމުގެ ދައުވާއަށް އޭނާ އިޢުތިރާފުވުމާއެކު އަދަބެއްގެ ގޮތުން 3 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ވަނީ އެމަނިކުފާނުގެ މައްޗަށްވެސް އިއްވާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް