ads
ރެމްޑެސްވިރް
ކޮވިޑަށް ދޭ ބޭހެެއް އެކްސްޕޯޓް ކުރުން އިންޑިއާއިން މަނާކޮށްފި
އިންޑިއާގައި ކޮވިޑް-19ގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ދަނީ ގޯސް ވަމުންނެވެ. ރިކޯޑް އަދަދަކަށް މީހުން ޕޮޒިޓިވް ވަމުން އަންނައިރު އެގައުމުގެ ސިއްހީ ދާއިރާއަށް ނުކަތާވަރަށް މީހުންނަށް ފަރުވާދޭން ޖެހިފަވެއެވެ.

ދުނިޔޭގެ ބޭސް ފިހާރަގޮތަށް ސިފަކުރާ އިންޑިއާއިން މިވަނީ  ކޮވިޑަށް ފަރުވާދޭ މީހުންނަށް ދޭ ބޭހެއް ކަމުގައިވާ ރެމްޑެސްވިރް އެކްސްޕޯޓް ކުރުން މަނާކޮށްފައެވެ. 

އެއީ އެގައުމުގައި ފަރުވާދޭ މީހުންގެ އަދަދު ރިކޯޑް އަދަދަކަށް އިތުރުވެފައިވާތީ ބަލިމީހުންނަށް ބޭނުންވާ ބޭސް ލިބުމުގަ ދަތިތަކެއް ހުރީތީ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީ އިން ބުނެއެވެ.   

ހެލްތު މިނިސްޓްރީއިން ބުނީ އެގައުމުގެ ހާލަތު ރަނގަޅުވަންދެން ރެމްޑެސްވިރް އެކްސްޕޯޓް ކުރުން ހުއްޓާލަން އެންގި އެންގުން ދެމި އޮންނާނެ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗުއޯ) އިން ބުނެފައިވަނީ ބަލީގަ ހާލުދެރަވާ މީހުންނަށް އެ ބޭސް ދިނުމުން ސަބަބުން ސަލާމަތް ވުމުގެ ޗާންސް އޮތް ކަމުގެ އެއްވެސް ހެއްކެއް އަދި ލިބިފައި ނުވާކަމަށެވެ. ނަމަވެސް އިންޑިއާގެ އިތުރުން ގިނަ ގައުމުތަކުން ދަނީ އެ ބޭސް ކޮވިޑްގަ ހާލުދެރަވާ މީހުންނަށް ދެމުންނެވެ.

އާދީއްތަ ދުވަހު އިންޑިއާއިން 152,879 ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު 839 މީހުން ވަނީ ބަލީގައި މަރުވެފައެވެ. މިއީ މަރުވި މީހުންގެ އަދަދު އެއްދުވަސްތެރޭ މިހާވަރަށް ރިކޯޑްކުރެވުނު ފުރަތަމަ ފަހަރެވެ. 

އިންޑިއާގައި 13.35 މިލިއަން މިހާތަނަށް ކޮވިޑް ޖެހިފައިވާއިރު އެއީ ތިން ވަނައަށް އެންމެ ގިނައިން ބަލި ޖެހުނު ކަމަށް ރިކޯޑް ކުރެވުނު ގައުމެވެ. އެންމެ ގިނަ މީހުން ބަލި ޖެހިފަވަނީ އެމެރިކާ އަދި ބްރެޒިލް އިންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް