ads
ޝުއިބު މެދުގައި: ފޮޓޯ ރަސް
ގޯތި ނުދޭނަމަ މާލޭ އިން ރިޔާސީ އިންތިހާބުގައި ވެސް ވޯޓެއް ނުލިބޭނެ: ޝުއައިބު
ގޯތި ނުދޭނަމަ މާލެއިން ރިޔާސީ އިންތިހާބުގައި މި ސަރުކާރާއި އެމްޑީޕީއަށް މާލޭ ރައްޔިތުން ވޯޓު ނުދޭނެކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅުއަޅާ ކޮމިޓީގެ ކުރީގެ ނައިބު މުގައްރިރު ޝުއައިބު އަލީ ވިދާޅުވެއްޖެެވެ.

ޝުއައިބް އަކީ އެމްޑީޕީ އުފެއްދުމުގައި ވެސް މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް މާލެ ސިޓީން މާލޭ ރައްޔިތުންނަށް ގޯތި ނުލިބޭ މައްސަލައިގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާ ޝުއައިބު ނިމިދިޔަ ލޯކަލްކައުންސިލް އިންތިހާބުގައި ސަޕޯޓުކުރެއްވީ އިދިކޮޅު ކެނޑިޑޭޓު މުހައްމަދު މުއިޒުއަށެވެ. 

"މާލޭ ރައްޔިތުންނަށް ގޯތި ނުލިބޭ މައްސަލަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ރައްޔިތުންގެ މަޖިލީހާއި، ސަރުކާރު އަދި އެމްޑީޕީން ހައްލުކުރަންޖެ،" -ޝުއައިބު-

ކުރިން އެމްޑީޕީގެ މެޖޯރިޓީ އަވަދުވެސް ކައުންސިލް އިންތިހާބުގައި މިފަހަރު މާލޭ ސިޓީން އެމްޑީޕީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލަން ޖެހިފައެވެ. 

އެގޮތުން މާލެއަށް އިދިކޮޅު ޕީޕީއެމް އިން ނުކުތް 14 ކެނޑިޑޭޓުންގެ ތެރެއިން 13 ކެނޑިޑޭޓަކު އިންތިހާބުވެފައިވާކަމަށް އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކައެވެ. 

މާލޭ ރައްޔިތުންގެ ތެރެއިން ވޯޓުލާން ނުކުތީ ވެސް އެންމެ 23 ޕަސަންޓު މީހުންނެވެ.

ސަރުކާރުން ވިސްނަނީ ގުޅީފަޅުން މާލޭ ރައްޔިތުންނަށް ގޯތި ދޭން!

ގުޅީ ފަޅުން ބިން ލިބޭނީ ސީދާ މާލޭ މީހުންނަށް ކަމަށް މިއަދު ރައީސް އޮފީހުން މިމަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު އަސްލަމް ވަނީ ވިދާޅުވެފައެވެ. 

އަސްލަމް ވިދާޅުވީ ގުޅިފަޅު ބަނދަރު ހަދާއިރު ބިން ދޫ ކުރާނީ 12،000 ފަރާތަކަށް ކަމަށެވެ. 

ނަމަވެސް މި ގޯތިތަކަކީ ތަންކޮޅެއް ސައިޒުން ކުޑަ ގޯތި ތަކެއް ކަމަށާއި މިއީ 700 އަކަ ފޫޓުގެ ބިން ތަކެއް ކަމަށް ވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

"މި ގޯތިތައް ލިބޭނީ ހަމަ ސީދާ މާލޭގެ ރަށްވެހިންނަށް،" -މިނިސްޓަރު އަސްލަމް-

މާލޭގެ ކުދި ގޯތި ތަކުގައި އުޅެމުންދާ ފަރާތްތަކުން އެތަން ދޫކޮށްލުމަށް ފަހު ގުޅީ ފަޅުން ގޯތި ދޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް