ads
ރައީސް ސޯލިހު--
ރާއްޖޭގެ މިނިވަންކަން ގެއްލޭ އެއްބަސްވުމެއްގައި ސޮއި ނުކުރަން: ރައީސް
ރާއްޖޭގެ މިނިވަންކަން ގެއްލޭ އެއްވެސް އެއްބަސްވުމެއްގައި މި ސަރުކާރުން ސޮއި ނުކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މިހެން ވިދާޅުވީ، އުތުރުތިލަފަޅު އެއްބަސްވުމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

އެގޮތުން އުތުރުލިތަފަޅުގައި ތަރައްގީކުރާ ކަންތައްތަކަކީ މީގެ ކުރިން އެކި ސަރުކާރުތަކުން ވަމުން އައިސް ހުރި އެއްބަސްވުންތަކާއި އެއްގޮތަށް ކުރަމުން އައިސް ހުރި މަސައްކަތްތަކެއް ކަމަށެވެ. 

"ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ޔަގީންކޮށް މިއަރުވަނީ، ރާއްޖޭގެ މިނިވަންކަން ގެއްލޭގޮތަށް އެއްވެސް ކަހަލަ އެއްބަސްވުމެއްގައި މިސަރުކާރުން ސޮއި ކޮށްފަ ނޯންނާނެކަމަށް، ސޮއި ނުކުރާނަންކަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމުގެ މިނިވަންކަމަށް އަސަރުކުރާފަދަ އެއްވެސް ކަމެއް މިސަރުކާރުން ކޮށްފައި ނުވާނެ ކަމަށެވެ. އަދި މިފަދައިން ކުރާ އެއްވެސް އެއްބަސްވުމެއްގެ، މިހާތަނަށް އެއްވެސް ސަރުކާރެއްގައި ސީދާ އެއްބަސްވުން ހުރިގޮތަށް ހާމަކޮށްފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. 

ނަމަވެސް އޭގައި ހާމަކުރަންޖެހޭ ކަމެއް ހުރި ނަމަ ހާމަކުރަމުން އަންނަ ކަމަށް ރައީށް ފާހަގަ ކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއާއި ހިއްސާކުރަންޖެހޭ ހުރިހާ މައުލޫމާތެއް ހިއްސާ ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް