ރައީސް ސާލިހު ރިޔާސީ ބަޔާން ދެއްވަނީ:-
ސިނަމާލެ ފްލެޓްތައް ތަޅާލުމަށްފަހު އާ ފްލެޓްތަކެއް އަޅަން ވިސްނަން: ރައީސް ސާލިހު
Share
ސިނަމާލެ ފްލެޓްތައް ތަޅާލުމަށްފަހު އާ ފްލެޓްތަކެއް އަޅަން ވިސްނާކަމަށް ރައީސުޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް ސާލިހު ވިދާޅުވީ، ސިނަމާލެ ފްލެޓްތައް މިހާރު ވަރަށް ބޮޑަށް ބާވެފައިވާކަމަށެވެ. 

"އެތަނުގަ ރަނގަޅު ފްލެޓުތަކެއް އެޅުމުގެ ވިސްނުން އަޅުގަނޑުގެ އެބައޮތް،" - ރައީސް ސާލިހު

ރައީސް ސާލިހު ވިދާޅުވީ މާލޭގައި ހުރި ލޭބާ ކުއާޓަށް ވެސް ތަޅާލުމަށްފަހު އެތަންތަނުގައި ވެސް ފްލެޓް އަޅަން ވިސްނަވާކަމަށެވެ. 

"އެހެން ހުރި ބައެއް ކޮށިތަކެއް އެބަހުރި ބޯހިޔާވަހިކަމަށް ބަދަލުކުރެވިދާނެ،"

ރައީސް ވިދާޅުވީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ގޯތީގެ ދަތިކަން ހައްލުކުރުމަށް ގުޅީފަޅުން ގޯތި ދޫކުރުމަށް ވިސްނަވަކަމަށެވެ. 

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީން ވޯޓުލާން ނުކުތީ 23 ޕަސަންޓު މީހުންނެވެ. މާލެއިން އެމްޑީޕީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް