ads
ކުޅުދުއްފުށީގައި އެމްޑީޕީން ކުރިއަށް ގެންދިޔަ ކެމްޕެއިނުގެ ތެރެއިން
ކުޅުދުއްފުށި ސީޓީ ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބުކޮށްފި!
ހޮނިހިރު ދުވަހު ބޭއްވި 2020 ވަނަ އަހަރުގެ ލޯކަލްކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގައި ކުޅުދުއްފުށި ސިޓީގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކޮށްފި އެވެ.

ކުޅުދުއްފުށި ސިޓީގައި އަލަށް މޭޔަރު ކަމަށް ހުޅުވާލި އިރުގައި އެ ގޮނޑިއަށް ކުރިމަތިލި ހަތަރު ބޭފުޅުން ތެރެއިން ވަގުތީ ނަތީޖާ ދައްކާގަތުން މޭޔަރަކަށް ހޮވިވަޑައިގަންނަވާފައި ވަނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި މުހައްމަދު އާތިފް އެވެ. އެއީ 1584 ވޯޓުގެ ކާމިޔާބީއާ އެކުގަ އެވެ.

ކުޅުދުއްފުށި އުތުރު ދާއިރާ ގެ ގޮނޑިވެސް ކާމިޔާބު ކޮށްފައި ވަނީ 414 ވޯޓާ އެކުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި މުހައްމަދު ދާއޫދު ކަމަށް ވާއިރުގައި 353  ވޯޓާ އެކުގައި އެރަށުގެ ހުޅަނގު އުތުރު ދާއިރާގެ ގޮޑި ކާމިޔާބު ކޮށްފައި ވަނީ އެމްޑީޕީގެ ކެޑިޑޭޓް އަހްމަދު އަބްދުﷲ (ރޯޒޭ) އެވެ.

ކުޅުދުއްފުށި މެދު އުތުރު ދާއިރާ އެއީއަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި އަށް ވާއިރުގައި އެ ގޮނޑި ކަށަވަރު ކޮށްފައިވަނީ ވެސް އެމްޑީޕީގެ ކެނޑިޑޭޓު އައިމިނަތު މަޖީދާއެވެ. 

އެއީ 253 ވޯޓާ އެކުގަ އެވެ. ނަމަވެސ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި ކަމަށްވާ ކުޅުދުއްފުށި މެދު ދެކުނު ދާއިރާ ކާމިޔާބު ކޮށްފައި ވަނީ 340  ވޮޓާ އެކުގައި އެމްޑީޕީގެ ކެޑިޑޭޓް އާތިފާ އަލީ އެވެ.

ކުޅުދުއްފުށި ހުޅަނގު ދެކުނު ދާއިރާ 134 ވޯޓާ އެކުގައި އެމްޑީޕީގެ ކެޑިޑޭޓް ރިލްވާން މުހައްމަދު (ރިލޭ) ކާމިޔާބު ކޮސްފައިވާއިރުގައި ކުޅުދުއްފުށި އިރު ދެކުނު ދާއިރާ ވެސް ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެޑިޑޭޓެއް ކަމުގައިވާ އަލީ އަހްމަދެވެ. އެއީ 283 ވޯޓުގެ ކާމިޔާބީއާ އެކުގަ އެވެ.

އެހެންކަމުން ކުޅުދުއްފުށި ސީޓީގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައި ވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ އެވެ.

77%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް