ads
ފޮޓޯ: ސީއެންއެމް
ނުކުޅެދޭ މީހުންގެ ހުނަރު ދައްކާލާ މައުރަޒުގައި ބައިވެރިވާން ހުޅުވާލައިފި
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހުނަރު ދައްކާލުމަށް ބާއްވަން ނިންމާފައިވާ މައުރަޒުގައި ބައިވެރިވުމަށް ޖެންޑާ މިނިސްޓްރީން ހުޅުވާލައިފި އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހުނަރު ދައްކާލުމަށް ބާއްވަން ނިންމާފައިވާ މައުރަޒުގައި ބައިވެރިވުމަށް ޖެންޑާ މިނިސްޓްރީން ހުޅުވާލައިފި އެވެ.

ޖެންޑަ މިނިސްޓްރީން އިންތިޒާމު ކޮށްގެން "ރިވެލި މައުރަޒު"ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި މައުރަޒު މިއަހަރު ބޭއްވުމަށް ހަމަޖައްސާފައިވަނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ތިންވަނަ ދުވަހުގެ ނިޔަލަށެވެ.

މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމު ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ 14:00ގެ ކުރިން ޖެންޑާ މިނިސްޓްރީއަށް ހުށަހަޅަން ޖެހެ އެވެ.

މިމައުރަޒުގައި ރަށް ރަށުން ބައިވެރިންވާން ބޭނުންވާ ފަރާތްތަކުން އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރު މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށް މައުރަޒެއް ބާއްވަން ނިންމާފައިވަނީ މިފަދަ ފަރާތްތަކުގެ ކިބައިގައި ހުންނަ ތަފާތު ހުނަރުތައް މުޖުތަމައަށް ދައްކާލުމަށެވެ. މީގެ އިތުރުން މިމައުރަޒު މެދުވެރިކޮށް ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިން އުފައްދާ ތަކެތި ވިއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

މިނިސްޓްރީން ބުނާ ގޮތުގައި މިފަދަ ފުރުސަތުތަކުގެ ސަބަބުން އެމީހުންނަށް ހުނަރު އިތުރަށް ތަރައްގީކުރުމަށް އެހީއަކަށް ވެގެންދާނެ ކަމަށާއި އެމީހުންނަކީ ވެސް މުޖުތަމައުގައި މުހިއްމު ހިއްސާއެއް އަދާކުރާ ބަޔަކަށް ވެގެންދިއުމަށް މަގުފަހިވާނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް