ޑރ. ޖަމީލް ---
ހުރިހާ ނުފޫޒެއް ފޯރުވައިގެން ލިބުނީ 30 ޕަސެންޓު: ޖަމީލް
Share
ހުރިހާ ނުފޫޒެއް ފޯރުވައިގެން ލިބުނީ 30 ޕަސެންޓު ކަމަށް ކުރީގެ ނަިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނީ ކާމިޔާބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ސިފަކުރެއްވި ކުރެއްވުމަށް ޑރ. ޖަމީލް ރައްދު ދެއްވާ ވަނީ ޓުވީޓެއް ކުރައްވާފައެވެ.

އެގޮތުން މިހާރުގެ ސަރުކާރަށް ވެރިކަމުގައި ބޮޑު ކުރެވުނީ ހަމައެކަނި "އަންބޮޑިއާއި ވައްކަން" ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި މާލެ ހިމެނޭ ގޮތަށް، އެތައް ރައްޔިތުންނެއް އެމްޑީޕީީގެ އަތް ދަށުން ސަލާމަތްވެގަތީ އެހެންވެ ކަމަށް ޖަމީލު ވިދާޅުވިއެވެ.

ޖަމީލް ވަނީ، ކާމިޔާބަކަށްވީ އެކަންތޯ ސުވާލު ކުރައްވާފަ އެވެ. އަދި ވޯޓުދިން ރައްޔިތުންނަށް މަލާމާތްކުރުން ހުއްޓާލެއްވުމަށް ގޮވާލާފަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ، މިޑްޓާމް އިލެކްޝަނެއްގައި މީގެ ކުރިން އައި އެއްވެސް ސަރުކާރަކަށް އެމްޑީޕީން ހޯދި ވަރުގެ ކާމިޔާބީއެއް ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން އެމްޑީޕީއަށް ކައުންސިލް އިންތިހާބުގައި %43 ގޮނޑި ކާމިޔާބު ކުރެވިފައިވާ ކަމަށާއި، މިހާތަނަށް %92 ވޯޓު ގުނާފައިވާއިރު، ވޯޓުގެ %49 ވޯޓު އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް