ads
ކިންގް ސަލްމާން މިސްކިތް
ސަލްމާން މިސްކިތުގެ ވަސީލަތްތައް ގާއިމު ކުރެވިފައި ނުވޭ: ޕްލޭނިން މިނިސްޓަރީ
ސަލްމާން މިސްކިތުގައި ގާއިމުކުރަންޖެހޭ ވަސީލަތްތައް ގާއިމު ކުރެވިފައި ނުވާ ކަމަށް ޕްލޭނިން މިނިސްޓަރިއިން ބުނެފި އެވެ.

މިއަދު އެ މިނިސްޓަރީއިން ނެރިފައިވާ ނޫސްބަޔާނެއްގައި ބުނެގައި ވަނީ ކިންގް ސަލްމާނު މިސްކިތަކީ ސައުދީ ސަރުކާރުން ބޮޑު ހޭދައެއް ކުރައްވައިގެން އިމާރާތް ކުރައްވާފައިވާ މިސްކިތެއް ކަމަށެވެ.

އަދި އެމިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރި ވެލެއްވުމުގެ ޝައުގުވެރިކަން ހުރިކަމަށް ސައޫދީ ސަރުކާރުން ވެސް
ފާހަގަ ކުރައްވާފައި ކަމަށެވެ.

އެހެންނަމަވެސް ކިންގް ސަލްމާން މިސްކިތް ހުޅުވުމަށްޓަކައި ތާރީހުތަކެއް ކަނޑައެޅި ހިސާބުން " ކޮވިޑް19 " ގެ ހާލަތު މުޅި ދުނިޔެއަށް ކުރިމަތި ވާގޮތަށް އަދިވެސް ރައްކާތެރިކަމާއެކު ސައުދިއަރަބިޔާއިން ވަޑައިގަންނަވާ ބޭފުޅުންނަށް ވަޑައިގެންނެވޭ ފަދަ ހާލަތަކަށް ނުދާތީ، ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވަމުންދާ ކަމަށެވެ.

ގިނަ ހިދުމަތްތަކެއް ދެވޭގޮތަށް ކިންގް ސަލްމާނު މިސްކިތް އިމާރާތް ކުރެވުނު ކަމުގައިވިއަސް، އެތަނުގައި ގާއިމުކުރަންޖެހޭ ވަސީލަތްތައް ގާއިމު ކުރެވިފައި ނުވާތީ، ވަސީލަތްތައް ގާއިމުކުރުގެ މަސައްކަތް ދިވެހި ދައުލަތުން، ސައުދީ ސަރުކާރާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް ފްލޭނިން މިނިސްޓަރީއިން ވަނީ ބުނެފަ އެވެ.

ކިންގް ސަލްމާން މިސްކިތް ނުރަސްމީކޮށް ހުޅުވަން މަޝްވަރާ ކުރާ ކަމަށް މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ޕްލޭނިންގް މިނިސްޓްރީން ވެސް ވަނީ ކިންގް ސަލްމާން މިސްކިތް ހުޅުން ލަސްވެފައި ވަނީ ސައުދީ ވަފުދަށް ރާއްޖެ ނާދެވިގެން ކަމަށް ބުނެފައެވެ.

މިސްކިތުގައި އަރާފޭބުމަށް ލިފުޓު ހަރުކޮށްފައިވާއިރު އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭނެއެވެ. ލައިބްރަރީއަކާއި ކްލާސްރޫމްތަކުގެ އިތުރުން ސެމިނާ ރޫމްތައް ވެސް މި މިސްކިތުގައި ހުންނާނެއެވެ.

އާޓިފިޝަލް ބީޗްގެ އުތުރަށް އޮންނަ ބިމުގައި ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކޮށްފައިވާ މި މިސްކިތުގެ އަގު 24.95 މިލިޔަން ޑޮލަރަށް އަރައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް