ads
ވެކްސިން ކާޑު
ރޯދަމަހު ވެކްސިން ޖަހާނީ ރޭގަނޑު 9 އިން 11 އަށް
ރޯދަ މަހު ކޮވިޑުން ދިފާއުވުމަށް ވެކްސިން ދޭނީ ރޭގަނޑު 9 އިން 11 އަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ މިރޭ ރޯދަ މަހު ވެކްސިން ދޭނީ ރޭގަނޑު ނުވަޔަކުން 11 އަށް ހަތް ސެންޓަރެއްގައި ކަމަށެވެ. 

އެގޮތުން ހަ ސެންޓަރެއްގައި ދޭނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ކަމުގައި އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.އަދި ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނީ  ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލްގައި ވެކްސިން ދޭނީވެސް ރޭގަނޑު 9 އިން 11 އަށެވެ.

ކޮވިޝީލީޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު އާއި ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ސެނެހިޔާގައި ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

ނަމަވެސް މާދާމާ ހުރިހާ ސެންޓަރުތަކެއް ބަންދުވާނެ ކަމަށް ވެސް އެޗްޕީއޭ ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް