ads
ލޯބިވެރިޔާ ދިން މަލެއްގެ ސަބަބުން ސިހުރު ޖެހުނު ކުއްޖެއްގެ ވާހަކަ
އެ ހާދިސާ އަކީ އާޔާގެ މުޅި ހަޔާތް ބަދަލުކޮށްލި ހާދިސާ އެކެވެ. ލޯބީގެ ފޮނި މީރުކަމަސް އޭނާ އުންމީދުކޮށްގެން ހުއްޓާ ލިބުނީ ދޯކާ އެވެ.

އާޔާގެ އުމުރުން އޭރުވާނީ 19 އަހަރެވެ. ފުރާވަރުގެ ތަފާތު ކުލަތަކުން އޭނާ ވަނީ ދޮންވެ ފައްކާވެފަ އެވެ. ރީތިކަމުން އޭނާ އަކީ އަރާހުރި ކުއްޖެވޭ ވެސް ގިނަ ބަޔަކު ބުނެ އެވެ. ޕަރީއަކަށް ވުރެ އާޔާ ރީތި ވާހަކައަކީ އޭނާގެ އުފަންރަށުގައި ގިނަ ބަޔަކު ދައްކާ ވާހައެކެވެ. 

ނަމަވެސް އާޔާއަށް ހުށަހަޅަމުންދާ ލޯބީގެ ހުށަހަޅާ އޭނާ ދެމުން ގެން ދިޔައީ ބީރުކަންދަތެވެ. އާޔާގެ ނުރުހުމާ ކިތަންމެ ފަހަރަކު ކުރިމަތިލާން ޖެހުނަށް ކަމަކު އޭނާގެ ފަހަތުން ދުވާ އެއް ފިރިހެން ކުއްޖެއް އުޅެ އެވެ. އެއީ އާރިޝެވެ. އާޔާ އާރިޝް ދެކެ ވަނީ އަމަޝަކު ފޫއްސެއް ނޫނެވެ.

އާޔާ އާރިޝްގެ ހުޅަހެޅުންތަކަށް ކޮޅުފައިން ޖަހަމުން ދިޔައީ އޭނާގެ ހިތުގައި އެހެން ކުއްޖަކު ރަސްކަން ކުރަމުން ދާތީ އެވެ. އެއީ ޔާން އެވެ. އާޔާ އާއި ޔާން ލޯބީގެގޮތުން ގުޅިގެން އުޅޭކަން ނޭންގޭ މީހަކު ނޫޅޭނެ އެވެ.

އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. އާޔާ ސްކޫލް ނިންމާލުމަށް ފަހުގައި އަވަހަސް ގެއަށް ދިއުމަށް ދަތުރުފެށި އެވެ. ނަމަވެސް އޭނާގެ މަގަށް ހުރަސްއެޅީ އާރިޝެވެ. އާރިޝް އާޔާއަށް ދިއްކޮށްލީ ރަތް ފިނިފެން މަލެކެވެ. އާޔާ ވަރަށް ފޫހި ނަޒަރަކުން އާރިޝާ ދިމާލަށް ބަލާލި އެވެ. އަދި ފޫހި ގޮތަކަށް އެ މަލުގައި ހިފާ އާރިޝްގެ މޫނަށް އެ މާ ޖެހި އެވެ.

އަދި އޭނާގެ ފަހަތުން ނޫޅުމަށް އާރިޝަށް އިންޒާރު ދިނެވެ. އާރިޝްގެ ހިތް ކުދިކުދިކޮށްލުމަށް ފަހުގައި އާޔާ ދިޔަ އެވެ.

އެދުވަހުގެ ފަހުން އާޔާއަށް ބަދަލުތަކެއް އަންނަށް ފެށި އެވެ. އޭނާ ޔާން މަތިން ފޫހިވާން ފެށި އެވެ. އަދި އާރިޝަން މަޑުމަޑުން ހިތް ކިޔަން ފެށި އެވެ.

އެންމެ ފަހުން އާޔާ ޔާން އާ ރުޅިވުމަށް ފަހުގައި އާރިޝާ ރައްޓެހިވި އެވެ. އަދި އެމީހުން ލޯބީގެ ގޮތުން އެތަށް އަހަރަކު ގުޅިގެން އުޅުމަށް ފަހު ކައިވެނި ކުރި އެވެ.

އާޔާއަށް ގިނަ އުދަގޫތަކަކާ ކުރިމަތިވާން ފެށި އެވެ. ގޭތެރެއިން ފާޑުފާޑުގެ އަޑުތައް އިވެން ފެށި އެވެ. އަދި ހުވަފެނުގައި ބިރުވެރި އެއްޗިހި ފެންނަން ފެށި އެވެ. އާރިޝާ މިކަން ހިއްސާކުރުމުން އޭނާ އެކަން މާ ބޮޑު ކަމަކަށް ނުހެދި އެވެ.

އާޔާ އެންމެ ފަހުން އެކަނި ރުގިޔާ ކުރާ މީހެއްގެ ކައިރިއަށް ދިޔަ އެވެ. އެމީހާ އާޔާއަށް ދިން ހަބަރުން އޭނާގެ ފައިދަށުން ބިންގަނޑު ދަމައިގެން ދިޔަ އެވެ.

އޭނާ ބުނި ގޮތުގައި މީގެ އަހަރުތަކެއް ކުރިން އާރިޝްވަނީ ފިނިފެން މަލަކަށް ފަންޑިތަ ހެނދުމަށް ފަހުގައި އާޔާއަށް ދީފައި ކަމަށެވެ. އަދި މިހާރު އެ ފަންޑިތައިގެ ބާރު ގަދަވެފައިވާ ކަމަށް ވެސް އޭނާ ކިޔާދިނެވެ.

އާޔާ ވަގުތުން ގެއަށް ގޮސް އޭނާގެ ފޮށްޓަށް ހެނދުން އެޅުމަށް ފަހުގައި މަންމަމެން ގެއަށް ދިޔަ އެވެ. އަދި ރުގިޔާ ކުރަން ފެށި އެވެ. ނަސީބަކުން އާޔާ ސަލާމަތްވި އެވެ. އަދި އޭނާ އާރިޝް ކައިރިން ވަރިވި އެވެ.

53%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް