ads
މާލެ
"އެމްއެމްއޭ އަދި އެމްޕީއެލްގެ ސަރަހައްދަށް ހަތަރު ފުރޮޅުލީ އުޅަދު ވަނުން މަނާ"
އެމްއެމްއޭ އާއި، އެމްޕީއެލްގެ މައި އިދާރާ އާއި ދެމެދުގައިވާ ސަރަހައްދަށް، މެންދުރުފަހު 1:00 އިން ފެށިގެން، މަޣްރިބު ނަމާދުގެ ވަގުތާއި ހަމައަށް، ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ވަނުން މަނާވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސީއެންއެމްއަށް ވިދާޅުވީ ރޯދަ މަހު އެންމެ ބޮޑަށް ހަލަބޮލިވަނީ ބާޒާރުތަކާއި ބޮޑެތި މިސްކިތްތައް ހުންނަ ސަރަހައްދުތައް ކަމަށާއި އެ ސަރަހައްދުތަކުގެ ހަލަބޮލިކަން ފިލުވައިލުމަށްޓަކައި، ފުލުހުން މަސައްކަތްކުރާނެ ކަމަށެވެ.

އަދި ބާޒާރު ސަރަހައްދުގެ އިތުރުން، ވަކި ހާއްސަ އިންތިޒާމްތަކެއްގެ ދަށުން ސިނަމާލެ ބްރިޖާއި، އެ ބްރިޖް ހިމެނޭ ސަރަހައްދާއި، ހުޅުމާލޭގެ ކަނެކްޓިން ބްރިޖް ހިމެނޭ ސަރަހައްދުތަކާއި، ހުޅުމާލޭގައިވެސް ވަކި ސަރަހައްދުތަކެއް، ފުލުހުން އިތުރު ސަމާލުކަމެއްދީގެން ބަލަހައްޓަމުން ދާނެ ކަމަށެވެ.

ރޯދަ މަހުގެ ހަވީރުގެ ވަގުތުގައި މާލޭ އަދި ހުޅުމާލޭގެ ސަރަހައްދުތައް ބާރުބޮޑުވާކަން ފުލުހުންނަށް ފާހަގަ ކުރެވޭތީ އެކަމަށް ހައްލު ހޯދަން އިތުރު ފުލުހުން ވެސް ނެރޭނެ ކަމަށް ވެސް އޮޕިޝަލް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް