ads
ގާސިމް އިބްރާހިމްގެ މަންމަ ވިދާޅުވާ ރުގިއްޔާ:-
ގާސިމް އިބްރާހިމް ބަލައިބޮޑުކުރި ''ބޮޑު މަންމަ'' ނިޔާވެއްޖެ
ގާސިމް އިބްރާހިމް މަންމަ ވިދާޅުވާ ރުގިއްޔާ އަލީ ރޭ ނިޔާވެއްޖެއެވެ.

ރުގިއްޔާ ނިޔާވީ އުމުރުން 93 އަހަރުގައެވެ. 

ރުގިއްޔާ އަށް، ގާސިމް ވިދަޅުވަނީ "ބޮޑު މަންމަ" އެވެ. ގާސިމް ކުޑައިރުން ފެށިގެން ބޮޑުކޮށް މަންމަ ކިޔަމުން ގެންދަވާ ބޭފުޅަކީ ރުގިއްޔާ ކަމަށް ގާސިމް އިބްރާހިމް މިއަދު ސީއެންއެމްއަށް ވިދާޅުވިއެވެ. 

ރުގިއްޔާ އަކީ ގާސިމްގެ ދެ ބޭންގެ ދެދަރި ދައްތައެކެވެ. ރުގިއްޔާއަކީ މާމިގިލީ ބޭފުޅެކެވެ. 

"އަޅުގަނޑަށް ކިރުދީ ހަދާ ބަލާ ބޮޑުކުރީ އެ ދައްތަ،" - ގާސިމް އިބްރާހިމް

ރުގިއްޔާ އަވަހާރަވެފައި ވަނީ ބަލިވެ ހާލަތު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ފަތިހުގެ ވަގުތެއްގަ އެވެ.

ގާސިމް އިބްރާހިމް ސީއެންއެމްއަށް ވިދާޅުވީ ރުގިއްޔާ އަކީ އޭނާގެ ދެބެއިންގެ ދެ ދަރި ދައްތައެއް ކަމަށެވެ. 

"އަޅުގަނޑުގެ މަންމަ ވިހެއުމަށްފަހު އެއް މަސްވިތަނާ ނިޔާވުމުން. އަޅުގަނޑު ބަލާ ބޮޑުކުރީ އެ ދައްތަ ރުގިއްޔާ،" - ގާސިމް އިބްރާހިމް

ރުގިއްޔާ އަލީގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށް ފަހުގައި އާސަހަރާ މިސްކިތުގައި އޮންނާނެ އެވެ.

20%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް