ads
މެލޭޝިއާއިން ދިވެހިން ރާއްޖެއަށް ގެނައުން--
މެލޭޝިއާގައި ތިބި ދިވެހިން ވިސާ ނުހައްދާނަމަ އަދަބުތަކެއް ލިބިދާނެ: ހައިކޮމިޝަން
މެލޭޝިއާގައި ތިބި ދިވެހިން ވިސާ ނުހައްދާނަމަ އަދަބުތަކެއް ލިބިދާނެކަމަށް މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން ބުނީ މިމަހު 21 ގެ ފަހުން ވިސާ ނުހައްދައި އުޅޭނަމަ "އަދަބުތަކާ" ކުރިމަތިލާންޖެހިދާނެކަމަށް މެލޭޝިއާގެ ހައިކޮމިޝަނުން ބުނެފައިވާކަމަށެވެ. 

ގިނަ އަދަދެއްގެ ދިވެހީން މިހާރު މެލޭޝިއާގައި ދިރިއުޅެމުން ދާއިރު އެކި މީހުން އެތަނުގައި ވަޒަންވެރިވެ އުޅެނީ އެކި ބޭނުން ތަކުގައެވެ. އެގޮތުން އެއްބަޔަކު ތައުލީމު ހާސިލް ކުރަމުން ދާއިރު އަނެއްބަޔަކު ވަޒީފާ އަދާ ކުރުމަށްވެސް މެލޭޝިއާގައި ދިރިއުޅެމުން އެބަ އާދެއެވެ. އަދި ބޭސްފަރުވާ އާއި ޗުއްޓީއަށް ވެސް ދިވެހީން މެލޭޝިއާއަށް ގޮސް އުޅެއެވެ. 

މިފަދަ ކޮންމެ ބަޔަކަށް ވެސް ދަތި ތަކެއް ނެތި ވިސާ ހެއްދޭނެ ކަމަށާއި، ވިސާ އާއި ނުލާ އުޅެ މީހުންނަށް އަދަބު ދިނުން މިއީ އަބަދުވެސް ކަން ކުރަމުން އަންނަ އުސޫލު ކަމަށް ފޮރެއިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓާ މިއުވާން ވިދާޅުވިއެވެ. 

އަދި ވިސާ ހެއްދުމުގައި އެއްވެސް ކަހަލަ ދަތި ތަކެއް ކުރިމަތި ވާނަމަ މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނާއި ވާހަކަ ދައްކައިގެން އެކަން ހައްލު ކުރެވޭނެ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް