ads
މިހާރު ކުރިއަށްދާ މުޒާހަރާގެ ތެރެއިން --- ފޮޓޯ:ސީއެންއެމް
ހަމަ ނުޖެހުން ހިންގާ އީސީގެ މަސައްކަތަށް ހުރަސްއެޅި މީހުނަށް ފިޔަވަޅުއަޅަންޖެހޭ: އެމްޑީޕީ
ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާޞު 2020ގެ ވޯޓު ގުނުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރަނިކޮށް، އެތަނުގައި ހަމަނުޖެހުން ހިންގާ މާރާ މާރީ ހިންގި މީހުނަށް ފިޔަވަޅު އެޅުމަށް ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ގޮވާލައިފި އެވެ.

އިދިކޮޅުން ވަނީ ސަރުކާރުން ވޯޓު އޮޅުވާލުމަށް އީސީއަށް ނުފޫޒުފޯރުވާ ކަމަށް ބުނެ މިއަދު އީސީ ސަރަހައްދުގައި މުޒާހަރާ ކޮށްފައެވެ.

މިކަމާ ގުޅިގެން އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކައުންސިލް އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް އީސީގައި ހިނގަމުން ދަނިކޮށް އެތަނަށް ޕީޕީއެމްގެ އިސްވެރިންނާއި ޕީއެންސީގެ ރައީސް ހިމެނޭ ގޮތަށް އިދިކޮޅުން ވަދެފައުވާ ކަމަށެވެ.

އިދިކޮޅުން އިލެކްޝަނަށް ވަދެ އީސީގެ މުވައްޒަފުންގެ މަސައްކަތް ކުރިއަށް ގެންދިއަ ނުދީ، އެ މަސައްކަތަށް ހުރަސްއަޅާފައިވާ ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ. އަދި އެތަނުގައި ހަމަނުޖެހުން ހިންގައި ގަޔަށް އަތްލައި މާރާމާރީ ހިންގި ކަމަށް އެމްޑީޕީން ބުނެއެވެ. 

އެމްޑީޕީން ވަނީ މި ކަމަކީ އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމުގައި ފާޙަގަ ކޮށްފައެވެ. އަދި އީސީގެ މުވައްޒަފުންގެ މަސައްކަތަށް ހުރަސްއަޅާ، އެތަނުގައި ހަމަނުޖެހުން ހިންގާ، މާރާމާރީ ހިންގި މީހުނާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ގޮވާލާ ފައެވެ.

ވޯޓުގެ ނަތީޖާ އިއުލާނު ކުރުމުގެ މަސައްކަތް ދެށުށް ފެންނަ ގޮތަށް އީސީން ކުރުމުގެ ޖާގަދޭން އެމްޑީޕީން ވަނީ ގޮވާލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް