ads
ޗެމްޕިއަންސް ލީގު ފެށޭނީ އަންގާރަ ދުވަހުގެ ރޭ
ޗެމްޕިއަންސް ލީގުގެ ކުއާޓާރ ފައިނަލް ފަހު ލެގު މެޗުތައް މިރޭ ފަށަނީ
ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގެ މެޗުތައް މިރޭ ފެށޭނެއެވެ. މިރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާރ ފައިނަލްގެ ފަހު ލެގުގެ ދެ މެޗު ކުޅެވޭނެއެވެ.

މިރޭ ކުޅޭ އެއް މެޗަކީ، ޕީއެސްޖީއާ ބަޔާން މިއުނިކްގެ މެޗެވެ. އަނެއް މެޗަކީ ޗެލްސީއާ ޕޯޓީގެ މެޗެވެ. ޕީއެސްޖީއާ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މިރޭ ޕީއެސްޖީގެ ހޯމް މެޗަށް ނުކުންނައިރު މި ދެ ޓީމުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވަނީ ޕީއެސްޖީންނެވެ. ޕީއެސްޖީން އެ މެޗުން މޮޅުވެފައިވަނީ ތިން ލަނޑު ދެ ލަނޑުންނެވެ. 

ދެ ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު ދެ ޓީމުވެސްމެއެވެ.

ޕޯޓޯއާ ޗެލްސީގެ މެޗަށް ބަލާއިރު މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން ދެ ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްފައިވަނީ ޗެލްސީންނެވެ. މިރޭ ޗެލްސީއާ ޕޯޓޯގެ މެޗަކީ ޗެލްސީގެ ހޯމް މެޗެވެ.

ޗެމްޕިއަންސް ލީގުގެ މެޗުތައް ފެށޭނީ ރާއްޖޭ ގަޑީން މިރޭ ބާރަ ޖަހާއިރުއެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފަހު ދެ މެޗު ކުޅޭނީ މާދަމާރޭއެވެ. އެއީ ލިވަޕޫލާ ރިއަލް މެޑްރިޑްގެ މެޗުގެ އިތުރުން ޑޯޓްމަންޑާ މެންޗެސްޓަރ ސިޓީގެ މެޗެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް