ads
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް- ފޮޓޯ: ސީއެންއެމް
ހިނގާދިޔަ ހަމަނުޖެހުމާ ގުޅޭގޮތުން ދެ ޕާޓީން ވެސް ހެދީ ދޮގު: އީސީ
އިލެކްޝަން ކޮމިޝަންގެ އިންތިހާބާއި ބެހޭ މަރުކަޒުތެރޭގައި މިއަދު ހިނގާދިޔަ ހަމަނުޖެހުމާއި ގުޅެގޮތުން އެމްޑީޕީ އަދި ޕީޕީއެމްއިންވެސް ހެދީ ދޮގުކޮމަށް އިިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަން ދޮށުގައި މިއަދު އެމްޑީޕީ އަދި ޕީޕީއެމްގެ ސަޕޯޓަރުންނާއި ދެޕާޓީގެ އިސް ލީޑަރުން އިސްވެތިބެ ހިންގި ހަމަނުޖެހުންތަކަށް ފަހު އީސީން ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދެއްވަމުން އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، މިއަދު ހިނގާދިޔަ ހަމަނުޖެހުމާއި ގުޅޭގޮތުން ދެ ޕާޓީންވެސް މީޑިއާތަކުގައި ވާހަކަދައްކާފައިވަނީ ހަގީގަތް އޮޅޭ ގޮތަށް އެ ޕާޓީއެއްގެ މަސްލަހަތު ހިމެނޭ ގޮތަށް ކަމަށެވެ. 

"ވާދަވެރި ސިޔާސީ ހުރިހާ ފަރާތްތަކަކުންވެސް މިކަން ރިޕޯޓްކޮށްފައިވަނީ އަދި މީޑިއާގައި ވާހަކަދައްކާފައިވަނީ ކޮންމެ ފަރާތަކުންވެސް އެބޭފުޅުންގެ މަސްލަހަތު ހިމާޔަތްކުރެވޭ ގޮތަށް އެހެންވީމަ އެ ސިޔާސީ ޕާޓީތަކުން މި މައްސަލަ ރިޕޯޓްކޮށްފައިވަނީ ހަގީގަތާއި ހިލާފަށް" އީސީ ޝަރީފް ވިދާޅުވިއެވެ.

މިއަދު ކޮމިޝަން ދޮށުގައި ހަމަނުޖެހުން ހިގާފައިވަނީ އެމްޑްޕީއާއި ޕީޕީއެމްގެ ދެެމެދުގައެވެ. ސަބަބެއްކަމަށް ޕީޕީއެމްއިން ބުނެފައިވަނީ އެމްޑީޕީގެ ރައީސް ނަޝީދު އެ ސަރަހައްދަށް ވަޑައިގެން ވޯޓަށް ނުފޫޒް ފޯރުވުމަށް މަރުކަޒުތެރެއަށް ވަދެވަޑައިގަތުމެވެ. އެހެންނަމަވެސް އެމްޑީޕީން ބުނެފައިވަނީ އެކަން ކޮށްފައިވަނީ ޕީޕީއެމްގެ އިސް ލީޑަރުންކަމަށެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު އީސީގެ އިދާރާ ދޮށަށް ދާން ޖެހުނީ T4 ގެ ވޯޓް ފޮށި އަލުން ގުނުމަށް ތައްޔާރު ވެފައިވަނިކޮށް ޕީޕީއެމްގެ ލީޑަރުންނާއި އިސްވެރިން އީސީ އިދާރާއަށް ވަދެވަޑައިގެން 30 މިނެޓް ވީއުރުވެސް ނުނިކުންނެވީމަ ކަމަށެވެ.

އީސީގެ އޮފިޝަލުން ނޫން އެއްވެސް މީހަކު އީސީގެ އިދާރާއަށް ވަދެވަޑައިގެންފައި ނުވާނެ ކަމަށާއި ރައީސް ނަޝީދު ހުންނެވީ ބޭރުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވަޑައިގަތްއިރު އަރިހުގައި ރައްޔިޔުންގެ މަޖިލީހުގެ ނައީބު ރައީސް އީވާ އަބްދުﷲ ގެ އިތުރުން އެމްޑީޕީގެ އިސްވެރިން ވެސް ވަޑައިގަތެވެ. 

އެހެންނަމަވެސް ޝަރީފް ވިދާޅުވީ އެ ދެ ޕާޓީންވެސް ކަން ހިނގާދިޔަގޮތް ރިޕޯޓްކޮށްފައިވަނީ ހަގީގަތާއި ހިލާފަށް ކަމަށެވެ. އަދި ކޮންމެ ޕާޓީއަކުންވެސް މަސައްކަތް ކޮށްފައިވަނީ ޕާޓީގެ މަސްލަހަތަށް ކަމަަށް ޝަރީފް ވިދާޅުވިއެވެ. ވަކި ބަަޔަކު ކޮމިޝަނުގެ ތެރެއަށް ވަންކަމަށް ބުނާ ވާހަކަ ދޮގުކުރައްވަމުން ޝަރީފް ވިދާޅުވީ، އެއްވެސް ހާއްލެއްގައި ވަކި ސިޔާސީ ޕާޓީއަކަށް މަންފާއެއް ހޯދައިދިނުމުގެ ގޮތުން ވަކި ސިޔާސީ ޕާޓީއަކާއި ކޮމިޝަނުގެ ތެރެއިން ބައްދަލުކޮށްފައި ނުވާނެ ކަމަށާއި، ޕީޕީއެމް އަދި އެމްޑީޕީގެ އެއްވެސް ބޭފުޅަކާއިވެސް ބައްދަލުކޮށް ނަތީޖާއަށް އަސަރުކުރާ މަޝްވަރާތަކެއްވެސް އެތަނުގެ ތެރޭގައި ކުރެވިފައި ނުވާ ކަމަށެވެ. 

"ހަގީގަތަކީ އަޅުގަނޑުމެން މިއަދު މިކަން ހިނގައިގެން މި ސަރަހައްދަށް އައިރު އާއްމު ގިނަ ފަރާތްތަކެއް މިތާ ތިބީ. ތިބީމަ މީހުން ގިނަ ވަމުންދާ ވަރަކަށް އަޅުގަނޑުމެން ކޮންވިސް ކޮށްދެވޭތޯ ބެލީ މިއަދު މި ކުރިއަށް ގެންދަނީކީ ޝަކުވާތަކާއި ގުޅިގެން ނަތީޖާއަށް ބަދަލު އަންނާތީ ބައެއް ފަރާތްތަކަުން ހުށަހަޅާފައިވާ މައްސަލައެއް ނޫނޭ މިއަދު މި ބަލަނީކީ. ވޯޓު ގުނަންޖެހޭ ފޮށިތައް އަލުން ގުނަންވެގެން އުޅޭކަމަށް އާއްމު ފަރާތްތަކަށް ކޮންމެވެސް ގޮތަކުން މައުލޫމާތު ލިބިގެން ވަރަށް ގިނަ ފަރާތްތަކެއް މިތަނަށް އައީ." އީސީ ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ވޯޓަށް ބަދަލުތަކެއް އަންނާނެ ފަދަ ގޮތަކަށް ވޯޓުފޮށިތަށް ގުނަން އުޅޭކަމުގެ ހަބަރު ކޮންމެވެސް ފަރާތަކުން ލިބިގެން ޕީޕީއެމްގެ ބައެއް އިސްލީޑަރުން މިއަދު އެ ސަރަހައްދުގައި ތިބިކަމަށެވެ. އެހެންކަމުން އީސީން އެވަގުތު ވާނީ މިއަދު އިލެކްޝަން ކޮމިޝަނުން އެފަދަ އެއްވެސް ކަމެއް ނުކުރާކަމުގެ ޔަގީންކަން އަރުވާ ސަޕޯޓަރުން ކައިރީ އެތަނުން ދުރަށް ޖެހުމަށް އެދުމަށް ޕީޕީއެމެގެ އިސްވެރިން ކައިރީ އެދިފައި ކަމަށާއި އަދި މިއަދު ހިންގަން ހަމަޖެހިފައިވާ އެކްސަސައިޒްވެސް މިހާރު ކެންސަލް ކުރެވިފައިވާކަމަށް އަންގާފައި ކަމަށެވެ. 

"އެޔަށްފަހުގަ އަލޫގަނޑުމެންނަށް ފެނިގެންދިޔައީ އެމްޑީޕީގެ އިސް ބައެއް ބޭފުޅުން އިންތިހާބީ މަރުކަޒު ތެރެއަށް ވަދެވަޑައިގެންނެވިތަން ވަދެވަޑައިގެންނެވީ ބައެއް އާއްމުންތެރޭގައި އަދި މީޑިއާތަކުގައި އެބައޮތް އެއީ ޕީޕީއެމްއިން އާއި އީސީ ތެރެއަށް ވަދެގެން ނުފޫޒް ފީރުވަން އުޅޭކަމަށް އަދި ހަމަ އެއާއިއެކީގަ ޕީޕީއެމްގެ ބައެއް ބޭފުޅުން މީޑިއާއަށް ވިދާޅުވެފަ އެބައޮތް ތިމަންނަމެންނަށް މައުލޫމާތު ލިބިފައި އެބައޮތޭ އެމްޑީޕީ ބޭފުޅުން މިތާ އީސީ ތެރެއަށް ވަދެވަޑައިގެން ނަތީޖާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް. ހަގީގަތަކީ ދެ ފަރާތުންވެސް ދެއްކެވި ވާހަކައަކީވެސް ހަގީގަތާ ހިލާފު ވާހަކައެއް" އީސީ ޝަރީފް ވިދާޅުވިއެވެ.

އީސީ ޝަރީފް ވިދާޅުވީ މިއަދު ކޮމިޝަނުގެ އިންތިހާބީ މަރުކަޒުގައި އީސީގެ ފަރާތުން ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތަކީ އެއްވެސް ހާލެއްގައި ނަތީޖާއާއި ބެހޭގޮތުން އާއްމު ފަރާތަކުން ނުވަތަ ޕާޓީއެއްގެ ފަރާތުން ހުށަހަޅާފައިވާ ޝަކުވާއެއް ބެލުން ނޫން ކަމަށާއި ނުވަތަ އެ ޝަކުވާތައް ބެލުމަށް ވޯޓު ފޮށި ކަޑައިގެން ވޯޓުގުނުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއްވެސް  ނޫންކަމަށެވެ. 

މިއަދު ކުރިއަށް ގެންދަން މަސައްކަތް ކުރި ހަރަކާތަކީ، ވަގުތީ ނަތީޖާތައް އިއުލާން ކުރުމަށްޓަކައި ބަލަން ހުރި ކަންކަން ސާފުކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެެ. 

އަދި މިހާރު ވަގުތީ ނަތީޖާތައް އިއުލާން ނުކުރެވި ވަނީވެސް މިކަންކަން ސާފުނުކުރެވި ވާތީ ކަމަށާއި އެހެންނޫންނަމަ މިދިޔަ އާދިއްތަ ދުވަހު ވަގުތީ ނަތީޖާ އިއުލާން ކުރެވުނީސް ކަމަށް އީސީ ޝަރީފް ވިދާޅުވިއެވެ.

43%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް