ads
ޖަމީލް އާއި ރައީސް ނަޝީދު ---
ޖަމީލް ނަޝީދަށް: މަޖިލީހުގައި އުޅޭ ގޮތަށް ވޯޓާ ކުޅެން ނޫޅޭ!
ރައްޔިތުން މަޖިލީހުގައި އުޅުއްވާ ގޮތަށް ވޯޓާ ކުޅެ، އިންތިހާބު ވަގަށް ނަގަން ނޫޅުއްވުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވައިފި އެވެ.

ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވާކަމަށް ބުނެ އިލެކްޝަން ކޮމިޝަން ދޮށުގައި އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރި ވަގުތު އެ ސަރަހައްދަށް ނަޝީދު ވަޑައިގެންނެވުމުން، ނަޝީދަށް ފާޑުކިޔުން އަމާޒުވެފައިވާ މި ދަނޑިވަޅުގައި ނަޝީދަށް ނިސްބަތްކުރައްވާ ޖަމީލު މިހެން ވިދާޅުވީ މިއަދު ކުރި ޓުވީޓެއްގައެވެ.

އެގޮތުން އިންތިހާބު ބެލެހެއްޓުމުގެ ޒިންމާ އޮތީ އިލެކްޝަން ކޮމިޝަނަށް ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި މިއީ މަޖިލީހުގެ ރައީސްގެ އެއްވެސް ދައުރެއް އޮތް ކަމެއް ނޫން ކަމުގައި ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވަނީ ރައްޔިތުން ގޮތް ނިންމައިފި ކަމަށް ވިދާޅުވެފައެވެ. އަދި އިންތިހާބުގެ ނަތީޖާ އެމްޑީޕީން ގަބޫލު ނުކުރުމަކީ، އެމްޑީޕީން ޑިމޮކްރަސީ ގަބޫލު ނުކުރުން ކަމަށް ޖަމީލް ވިދާޅުވިއެވެ.

މިއަދު ހިނގައިދިޔަ ކަންކަމަށްފަހު، ރައީސް ނަޝީދު އިލެކްޝަންސް ކޮމިޝަނަށް ވަތްކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރު ފަތުރަމުން ދަނިކޮށް ރައީސް ނަޝީދު ވަނީ އެކަމާ ގުޅިގެން ޓުވީޓެއް ކުރައްވާފައެވެ. އެގޮތުން އިލެކްޝަން ކޮމިޝަން ތެރެއަށް ނުވަންނަން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އީސީގެ އިދާރާ ދޮށަށް ދާން ޖެހުނީ T4 ގެ ވޯޓް ފޮށި އަލުން ގުނުމަށް ތައްޔާރު ވެފައިވަނިކޮށް ޕީޕީއެމްގެ ލީޓަރުންނާއި އިސްވެރިން އީސީ އިދާރާއަށް ވަދެވަޑައިގެން 30 މިނެޓް ވީއިރުވެސް ނުނިކުއްނެވީމަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް