ads
އީސީގެ ރައީސް: ޝަރީފް
މިހާރު ހުރި ނަތީޖާތަކަށް ބަދަލުތަކެއް އަތުވެދާނެ: އީސީ
ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީގައަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ދާއިމީ ނަތީޖާތަކާއި ހަމައަށް ދާއިރު މިހާރު ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ނަތީޖާއަށް ބަދަލުތަކެއް އަތުވެދާނެ ފަދަ ޝަކުވާތަކެއް އެބަހުރި ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ، ނަތީޖާއަށް  އަސަރު ކުރާވަރުގެ ޝަކުވާއެއް ވެދާނެ ކަމަށާއި އެހެންނަމަވެސް ވަގުތީ ނަތީޖާތައް އިއުލާންކުރުމުގެ ކުރިން އެކަމަށް ނުބަލާނެ ކަމަށެވެ. އެހެންނަމަވެސް ދާއިމީ ނަތީޖާތައް އިއުލާންކުރާނީ އެ ހުރިހާ ޝަކުވާތަކެއް ބެލުމަށް ފަހުގައި ކަަމަށް ޝަރީފް ވިދާޅުވިއެވެ.

"އެކަމާއި ގުޅިގެން ނަތީޖާއަށް އަސަަރުކުރާނެ ފަދަ ޝަކުވާތަކެއް ހުރެދާނެ. އެކަމަކު އެއީ ވަގުތީ ނަތީޖާ އިއުލާނު ކުރުމުގެ ކުރިންނެއް އަޅުގަނޑުމެން ނުބަލާނަން. އަޅުގަނޑުމެން ބަލާނީ ހަމައެކަނި ނަތީޖާ ޝީޓްގެ ގޮތުގައި އަޅުގަނޑުމެންގެ އޮފިޝަލުން ދީފައި އިން ޝީޓު އެކަމަކު އަޅުގަނޑުމެން ދާއިމީ ނަތީޖާ އިއުލާނު ކުރާނީ އެހެނިހެން ޝަކުވާތަކުގެ ތެދު ދޮގު ބަލާފައި. މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން ހުށަހަޅާފައި ހުރީ ވޯޓުގެ ނަތީޖާއަށް ބަދަލު އަންނާނެ ފަދަ ޝަކުވާތަކެއް،" ޝަރީފް ވިދާޅުވި އެެވެ

މިހާތަނަށް އާންމު ފަރާތްތަކުން 89 ޝަކުވާއެއް ކޮމިޝަނަށް ހުށަހެޅިފައިވާއިރު، ސިޔާސީ ޕާޓީތަކުން 21 ޝަކުވާއެއް ވަނީ ހުށަހަޅާފަވެއެވެ. އަދި މި ޝަކުވާތަކުގެ ތެރޭގައި ގިނައީ ވޯޓުގެ ނަތީޖާއަށް އަސަރުކޮށްފާނެ ފަދަ ޝަކުވާތަކެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް