ads
އެސިޑް ހަމަލާތަކުގެ ޝިކާރައަކަށްވި މީހުންނާއެކު ޝާހުގެ އެއް ދުވަސް!
އެސިޑް ހަމަލާތަކުގެ ޝިކާރައަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޮލީވުޑުގެ މަޝްހޫރު ތަރި ޝާހުރުކް ހާނު، އުފެއްދި "މީރް ފައުންޑޭޝަން" ގައި ތިބި މީހުންނާއެކު ޝާހު ވަގުތު ހޭދަކޮށްފި އެވެ.
އެސިޑް ހަމަލާތަކުގެ ޝިކާރައަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޮލީވުޑުގެ މަޝްހޫރު ތަރި ޝާހުރުކް ހާނު، އުފެއްދި "މީރް ފައުންޑޭޝަން" ގައި ތިބި މީހުންނާއެކު ޝާހު ވަގުތު ހޭދަކޮށްފި އެވެ.

އެމީހުންގެ ވާހަކަތައް އަޑުއަހާއި އެމީހުންނާއެކު ޝާހު އިއްޔެ މުޅި ދުވަސް ހޭދަކޮށްފައިވާއިރު އޭނާ ވަނީ އެމީހުންނާއެކު ނަގާފައިވާ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާއަށް އާންމުކޮށްފަ އެވެ. އެގޮތުން އެ ޓްވީޓުގައި ޝާހު ވަނީ އެތަނުގެ 120 އަންހެނަކު ސާޖަރީ ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޑޮކްޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.

ދެހާސް ތޭރަ ވަނަ އަހަރު ޝާހު އުފެއްދި އެ ޖަމިއްޔާއަކީ އެެސިޑު ހަމަލާތަކުގެ ޝިކާރައަކަށްވެފައިވާ މީހުންގެ އިތުރުން އަންހެނުން ބާރުވެރި ކުރުމުގައި ވެސް މަސައްކަތް ކުރަމުން އަންނަ ބައެކެވެ.

އިންޑިއާއަށް ނިސްބަތްވާ އަންހެނުންނަށް އެންމެ ބޮޑަށް އެސިޑު ހަމަލާތައް ކުރިމަތިވާ ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ވަނީ ލޯބި ހުށަހެޅުމުން ނުވަތަ ކައިވެންޏަށް އެހުމުން އެކަމާ ދެކޮޅު ހަދާތީ އެވެ. އެގޮތުން ވަރަށް ޒުވާން އުމުރުގައި ވެސް އަންހެން ކުދިންނަށް އެސިޑު ހަމަލާތައް ކުރިމަތިވެ އެވެ.

ކުރިން ޝާހު ބުނި ގޮތުގައި އެތަނަށް މީރުގެ ނަން ދީފައި ވަނީ އެއީ އޭނާގެ ބައްޕަގެ ނަން ކަމުންނެވެ. އަދި ބައްޕައިގެން ދުވަހު ބައްޕައަށްޓަކައި އޭނާއަށް ކޮށްދެވޭނެ އެންމެ މުހިއްމު އެއް ކަމަކީ ވެސް އެއީ ކަމަށް ބުންޏެވެ.

މި ދުވަސްކޮޅު ފިލްމެއްގެ މަސައްކަތް ކުރުމުގެ ބަދަލުގައި އޭނާ އުޅެމުން އަންނަނީ ވަރަށް ބޮޑަށް އާއިލާއާއެކު އެވެ. އެގޮތުން މިއަހަރު އޭނާއަށް 54 އަހަރު ފުރޭ އުފަން ދުވަސް ވެސް ފާހަގަކުރަން ނިންމާފައިވަނީ ވަރަށް ކުޑަ ގޮތަކަށް ކަމަށް ޝާހުގެ އާއިލާއިން ބުނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް