ads
ފޮޓޯ--ޖިބްރާން ހާން
މީ ކާކުކަން އިނގޭތަ؟
2001 ވަނަ އަހަރު ނުކުތް ކަރަން ޖޯހަރުގެ މަޝްހޫރު ރޮމޭންޓިކް ފިލްމް 'ކަބީ ޚުޝީ ކަބީ ގަމް' ގައި ޝާހް ރުކް ހާން އާއި ކާޖަލް ގެ ފިރިހެން ދަރިފުޅުގެ ގޮތުގައި ފެނިގެން ދިޔަ ކްރިޝް މަތިން ގިނަ ބަޔަކު ހަނދާން ހުންނާނެއެވެ.

ކްރިޝްގެ ނަމުން މަޝްހޫރުވެފައިވާ ޖިބްރާން ހާން ވަނީ އޭރުވެސް އޭނާގެ މައުސޫމް މޫނުން ބެލުންތެރިންގެ ހިތްތަށް އަތުލާފަ އެވެ.

އޭރު އުމުރުން އެންމެ 11 އަހަރު ނަމަވެސް ޖިބްރާން ހާން ވަނީ ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކަކާއެކު ކުޅަދާނަ އެކްޓިއެއް މި ފިލްމްގައި ދައްކުވައިދީފައެވެ.

ޖިބްރާން އަށް މިހާރު 27 އަހަރު ފުރިފައިވާއިރު އޭނާ މިހާރު ހުންނަގޮތް ފެނިއްޖެ މީހަކު ހައިރާންވާނެއެވެ. މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު އަދި ކުޅަދާނަ ބަތަލާ އާލިޔާ ބަޓް ވެސް ޖިބްރާން އަށް އިންސްޓާގްރާމުން ފޮލޯކުރެ އެވެ.

'ކަބީ ޚުޝީ ކަބީ ގަމް' އަކީ އޭރުވެސް އަދި މިހާރުވެސް ހިންދީ ފިލްމް ތަކަށް ލޯބި ކުރާ ފަރާތްތަކަށް އަދިވެސް ހަމަ ވަރަށް 'ފޭވަރިޓް' ފިލްމްއެއް ކަމަށް ވާއިރު އޭރު ބެލުންތެރިނަށް ލޯބިވި ކްރިޝް މިއަދު މި ވަނީ އެންމެންގެ ލޯތަށް ހުއްޓުވާލާފަދަ ޒުވާނަކަށް ވެފަ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް