ads
ޑރ އިޔާޒް ..
ގަބުރުމަތީ މިސްކިތެއް އަދި އިމާރާތެއްވެސް ބިނާ ނުކުރެވޭނެ: ޝެއިހް އިޔާޒް
ހެރިޓޭޖް މިނިސްޓްރީން ވިދާޅުވިޔަސް ގަބުރުމަތީ މިސްކިތެއްވެސް އަދި އިމާރާތެއްވެސް ބިނާ ނުކުރެވޭނެ ކަމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެެ.

ޑރ. އިޔާޒް މިގޮތަށް ވިދާޅުވީ، ކުރީގެ ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ރޯދަމަސް ފެށުމުގެ ކުރިން އަޅަން އުޅުނު ނަމަވެސް، އެ މަސައްކަތް ކުރުމަށް އެ ސަރަހައްދު ކޮންނަމުން ދަނިކޮށް ސަގާފީ ބައެއް ތަކެތި އަދި މިނިކަށި ފެނުމާއި ގުޅިގެން މަސައްކަތް ހުއްޓާލުމަށްފަހު އަދިވެސް އެ މަަސައްކަތް ނުފެށިވަނީ އިސްލާމިކް މިނިސްޓްރީއާއި ހެރިޓޭޖް މިނިސްޓްރީއާއިމެދު ހިޔާލު ތަފާތުވެފައިވާ ދަނޑިވަޅެއްގައެވެ. 

އެެ ސަރަހައްދުން މަހަނާ ގަލަކާއި ގަބުރު ކަށީގެ އިތުރުން ބާ މިސްކިތުގެ ބިންގާވެސް ވަނީ ފެނިފައެވެ. އެ ބިން ކޮންނަމުންދަނިކޮށް އާސާރީ ތަކެތި ފެނުމާއި ގުޅިގެން ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގައި ވާގޮތުގެމަތިން ވަގުތީގޮތުން މަސައްކަތް ހުއްޓުވައި އެތަކެތި ރައްކާތެރިކުރުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން އެ މަރުކަޒުން މަސައްކަތް ކުރަމުންކަމަށާއި، އެ ބިމުން އުފުލޭނެ ތަކެތި އެތަނުން ގެންގޮސް، މިހާރު އެތާ ހުރި ފައުންޑޭޝަން މައްޗަށް ފަސް އަޅާ މަސައްކަތް ކުރިއަށް ގެންދިޔުމުގެ ހުއްދަ ދީފައިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. 

އެހެންނަަމަވެސް އެތަނުގެ އަޑިން ގަބުރު ކަށިތަކެއް ފެނުމުން އެތަނުގައި އިތުރު ކަށިތަކެއް ނެތްކަން ޔަގީން ކުރުމަށްފަހު ނޫނީ މަަސައްކަތް ނުފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. 

މިކަމާއި ގުޅިގެން ޝެއިހް އިޔާޒް ވިދާޅުވީ، ހެރިޓޭޖް މިނިސްޓްރީން ފަސް އަޅާލާށޭ ވިދާޅުވިޔަސް ގަބުރުމަތީ މިސްކިތެއް އަދި އިމާރާތެއްވެސް ބިނާ ނުކުރެވޭނެ ކަމަށެވެ. އަދި ކުރީގެ ބާ މިސްކިތުގެ ބިންގާ ނެގުމަށްފަހު އެތަނުގެ އަޑީގައިވެސް ގަބުރު ހުރިތޯ ޔަގީން ކުރަންޖެހޭ ކަމަށާއި ސަގާފީ ތަކެތި ހިމާޔަތް ކުރަން ބިމު އަޑީގައި ފޮރުވިޔަސް ނުފުދޭނެ ކަމަށެވެ.

ޒިކުރާ މިސްކިތް ހުރި ސަރަހައްދަކީ ކުރިން މީހުން ވަޅުލި ސަރަހައްދެއްކަމަށް ބައެއް މީހުން ބުނެއެވެ. އަދި މީގެ ކުރިން ވެސް އެ މިސްކިތް ހުރި ސަރަހައްދުން ގަބުރު ފެނިފައިވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް