ads
އަރްޕިތާ އާއި އާޔޫޝް އަދި އެމީހުންގެ ދަރިފުޅު އާހިލް--
ދަރިފުޅާއެކު އަރްޕިތާ އާއި އާޔުޝް ރާއްޖެ އަތުވެއްޖެ
ބޮލީވުޑުގެ މަޝްހޫރު ބަތަލު ސަލްމާން ހާނުގެ ކޮއްކޮ، އަރްޕިތާ ހާން، އޭނާގެ ފިރިމީހާ އަދި އެކްޓަރު އާޔުޝްއާއެކު ރާއްޖެ އަތުވެއްޖެ އެވެ.
ބޮލީވުޑުގެ މަޝްހޫރު ބަތަލު ސަލްމާން ހާނުގެ ކޮއްކޮ، އަރްޕިތާ ހާން، އޭނާގެ ފިރިމީހާ އަދި އެކްޓަރު އާޔުޝް ޝަރްމާއާއެކު ރާއްޖެ އަތުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު އާހިލް ވެސް ގޮވައިގެން ރާއްޖެ އައިސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގަ އެވެ. ޗުއްޓީ ހޭދަކުރަމުންދަނީ ނ. އަތޮޅުގައި އޮންނަ ޗެވަލް ބްލޭންކް ރަންދެލި ރިސޯޓުގަ އެވެ.

އާޔުޝްގެ އިތުރުން އަރްޕިތާ ވެސް އެމީހުން ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށްފައިވެއެވެ. އެގޮތުން ގޮނޑުދޮށުގައި އާހިލްއާއެކު އާޔުޝް ކުޅެން އުޅުން ފޮޓޯތަކާއި ތިން މީހުން އެކުގައި ނަގާފައިވާ ފޮޓޯތައް ވެސް ހިމެނެ އެވެ.

މިދިޔަ ޖުލައި މަހުގެ ފަހުކޮޅު އަރްޕިތާ ބަނޑުބޮޑު ކަމަށް އަޑުތައް ފެތުރުނުއިރު ރާއްޖޭގައި ނަގައި ހިއްސާކުރި އެއް ފޮޓޯއިން ވަރަށް ބޮޑަށް އޭނާގެ ބަނޑުބޮޑުކަން އެނގެ އެވެ.
View this post on Instagram

3 on holiday .. 1 in spirit

A post shared by Aayush Sharma (@aaysharma) on


އުމުރުން 29 އަހަރުގެ އަރްޕިތާ އާއި 28 އަހަރުގެ އާޔޫޝް ޝަރްމާ، ކައިވެނި ކުރީ 2014 ވަނަ އަހަރެވެ.

އަރްޕިތާއަކީ، ސަލްމާން ހާނުގެ މައިންބަފައިން އެޑޮޕްޓް ކުރި ކުއްޖެކެވެ. އޭގެ ފަހުން އެ އާއިލާއާއެކު އަރްޕިތާ ދިރިއުޅެމުން އަންނައިރު ސަލްމާން ހާނުގެ އެއްބަނޑު އެއްބަފައި އެންމެން ވެސް ދެކެމުން އަންނަނީ އަރްޕިތާއަކީ އާއިލާ މެމްބަރެއްގެ ގޮތުގަ އެވެ.

އަރްޕިތާއާ އަޔޫޝް ކައިވެނި ކުރުމާއެކު ސަލްމާން ވަނީ ދާދި ފަހުން އަޔޫޝް ބޮލީވުޑަށް ވެސް ތައާރަފުކޮށްދީފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް