ads
ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ސީއެންއެމް
ރައީސް ވަނީ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފަ: މުއިއްޒު
މާލޭ ސިޓީ ކައުންސިލުގެ ޒިންމާތައް އަދާކުރެއްވުމުގައި ބޭނުންވާ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވާފައިވާ ކަމަށް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ.

މެޔަރުކަން ލިބުމުން އެންމެ ފުރަތަމަ ކަމަކަށް ރައީސް ސޯލިހް އާއި ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފައިވާތީ އެކަމާއި ގުޅިގެން ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމްގައި ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނު މޭޔަރު ކަމަށް ހޮއްވަވާފައިވަނީ ރައްޔިތުންގެ ފަރާތުން ކަމަށާއި ރައްޔިތުންގެ މައްސަލަތައް މިހާރުވެސް ހުރީ އިވި އަދި ފެނިފައި ކަމަށެެއެވެ. އެހެންކަމުން ރައްޔިތުންގެ މިމައްސަަލަތަކަށް ހައްލު ހޯދައިދިނުމަށް އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅަކީ އެ މައްސަލަތަކާއި އަޑުތައް ރައީސް އަށް އިއްވައި އެ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކާއިމެދު އެ އިރެއްގައި ހުންނަ ރައީސްއަކާއި މަޝްވަރާކުރުން ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެެ.

" ރައްޔިތުންގެ ފަރާތުން އަޅުގަނޑު ހޮވީމާ ރައީސްއާއި އަޅުގަނޑު ބައްދަލުކުރުން އެންމެ މުހިންމުވާ އެއް ސަބަބަކީ ގާނޫނީ ނިޒާމު އޮންނަގޮތުން ވެރިކަން ހިންގާ ބާރުގެ އަދި ދައުލަތުގެ އިސްވެރިއަކީ ރައީސުލްޖުމުހުރިއްޔާ. ވެރިކަން ހިންގާ ބާރުގެ އެއް ފަށަލަ ކައުންސިލް އަކީ. އެހެންވީމަ ކައުންސިލެއްގެ އެންމެ އިސްކޮށް ހުންނަ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ޒަމީރު ގަބޫލުކުރަނީ އެންމެ ފުރަތަަމަ ކަމަކަށް އަޅުގަނޑު ހަމަ ދާންޖެހޭނެއޭ ރައްޔިތުންގެ އިހްސާސްތައް، ކަންބޮޑުވުންތައް އަޅުގަނޑަށް އެގިފަ އޮތް މިންވަރުން އެކަންކަން ހިަފއިގެން ގޮސް އަޅުގަނޑު ރައީސް އަށް ހުށަހަޅަންޖެހޭނެއޭ. މިހިރީއޭ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަކީ. މިކަންކަން ހައްލުކޮށްދިނުމުގައި އަޅުގަނޑަށް އެއް ބާރުލުން ދެއްވާށޭ. ސަރުކާރުގެ މުވައްސަސާތަކުގެ އެއްބަޜުލުން ހޯދަދޭށޭ." ރ. މުއިއްޒު ވިދާޅުވިއެވެެ.

ޑރ. މުއިއްޒު ވިދާޅުވީ އެކަން އެހެން ކުރައްވަނީ އެމަނިކުފާނު މާލޭ މޭޔަރުކަމުގެ މާގާމުގައި ނިކުތީ ވަރަށް ސީރިއަސް ގޮތެއްގައި ރައްޔިތުންގެ ކަންކަން ހައްލުކުރުމަށް ވަރަށް ބާރުމިނުގައި ކުރިއަށް ދާން ކަމަށާއި އެކަންކަން ހައްލު ނުކޮށްދެވޭހާ ހިދު މަޑުން ނުހުންނަވާނެ ކަމަށެވެ. އެހެންކަމުން ރައީސް ސޯލިހުގެ އެއްބާރުލުން ދެއްވާފިނަމަ އެކަންކަން ވަރަށް ބާރު މިނުގައި ދާނެކަން ފާހަގަކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވީ ރައީސް ވަނީ އެކަމުގެ ޔަގީންކަން އަރުވާފަ ކަމަށެވެ. 

"އަޅުގަނޑެއް ނުހުންނާނެ މަޑަކުންނެއް. ބާރުމިނުގަ ދާން ބޭނުންވާނެ އެހެންވީމަ ރައީސުލްޖުމުހުރިއްޔާގެ އެއްބާރުުލުން އެއަށް ދެއްވާފިއްޔާ ވަރަށް ބާރުމިނުގައި ކުރިއަށްދާނެ. އަޅުގަނޑު އިންތިހާބުވި ރޭ އަޅުގަނޑަށް ރައީސް ސޯލިހް ގުޅުއްވާފަވެސް ހަމަ މަރުހަބާ ވިދާޅުވެފަ ތިމަން މަނިކުފާނުގެ އެއްބާރުލުން ދެއްވާނަމޭ އެެހެންވީމަ އަޅުގަނޑު މިހުރީ އަޅުގަނޑަށް ފުރަތަމަ ދެއްވާ އެޕޮއިންޓްމެންޓް ދެއްވާނެ ކަމަށްވެސް އަދި އަމަލީ ގޮތުން އެކަން ދައްކަަވާނެ ކަމުގެވެސް އުންމީދުގަ. ރައީސް އެއްބާރުލުން ދެއްވަންޏާ މާލޭގެ ރައްޔިތުންނަށް އަޅުގަނޑު މިކޮށްދޭން ނޫނީ ކުރަން ވިސްނާ ކަންކަމުގައި ޔަގީންކަން އޮވޭ ނަތީޖާ ނެރެވޭނެ ކަމުގެ" ރ. މުއިއްޒު ވިދާޅުވިއެވެެ.

ސަރުކާރު ހިންގަވަން ހުރި ބޭފުޅެއްގެ ހައިސިއްޔަތުން އެ އެއްބާރުލުން ދެއްވަންޖެހެނީ ރައީސްކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ، ރައީސް އެއްބާރުލުން ދެއްވާނަަމަ މާލޭގައި މިހުރި ގެދޮރުގެ މައްސަލަތަކުގެ އިތުރުންވެސް ބޮޑެތި މައްސަލަތަކަަކަށް ކައުންސިލުން ނަތީޖާ ނެރެދޭނެކަމަށެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް