ads
ޕީއެސްޖީގެ އެމްބާޕޭ
ޕީއެސްޖީ އަތުން މޮޅުވިޔަސް ބަޔާން ދާން ޖެހޭނީ ރަށަށް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގައި ޕީއެސްޖީ އަތުން މޮޅުވި ނަމަވެސް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މުބާރާތުން އަލްވަދާއު ކިޔަން ޖެހިއްޖެއެވެ.

އެންމެ ފަހުގެ ފައިނަލްގައި ޕީއެސްޖީ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދި، ބަޔާން މިއުނިކް، ކުއާޓަރ ފައިނަލްގެ ފަހު ލެގުގައި ޕީއެސްޖީގެ ދަނޑުގައި އެއް ލަނޑު ސުން ލަނޑުން މޮޅުވި ނަމަވެސް ކުރީ މެޗާއި އެކު ދެ މެޗުގެ އެގްރިގޭޓުން އެއްވަރުވުމުން، އަވޭ ގޯލްސް ރޫލުން ސެމީގެ ޖާގަ ލިބުނީ ޕީއެސްޖީއަށެވެ. މި ދެ ޓީމުގެ ފުރަތަމަ ލެގުން ޕީއެސްޖީ މޮޅުވީ ތިން ލަނޑު ދެ ލަނޑުންނެވެ. އެހެންކަމުން އަންގާރަ ދުވަހުގެ ރޭގެ މެޗާއި އެކު ތިނެއް ތިނަކުން ދެ ޓީމު އެއްވަރުވީ ނަމަވެސް ރަށުން ބޭރުގައި ޖަހާފައިވާ ތިން ލަނޑުގެ ސަބަބުން ޕީއެސްޖީއަށް ކުރި ލިބުނީއެވެ.

މި މެޗުގެ ހަމަ އެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައި ޖެހީ ކުރިން ޕީއެސްޖީއަށް ކުޅުނު އެރިކް މެކްސިމް ޗޮޕޫ މޯޓިންއެވެ. މި މެޗުގައި ބަޔާނުން ކުޅުނީ އަނިޔާގެ ސަބަބުން އެއް ނަންބަރު ފޯވާޑު ރޮބަޓް ލެވަންޑޯސްކީ ޓީމުގައި ނުހިމަނައެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބަޔާން އަތުން ބަދަލު ހިފައި ޗެމްޕިއަންސް ލީގުގެ ސެމީން ފުރުސަތު ހޯދި ޕީއެސްޖީ- ސެމީގައި ކުޅެން ޖެހޭނީ ބުދަ ދުވަހުގެ ރޭ މެންޗެސްޓަރ ސިޓީއާ ބޮރޫޝިޔާ ޑޯޓްމަންޑް ކުޅޭ މެޗުން މޮޅުވާ ބަޔަކާއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް