ads
ޗެލްސީ- ޕޯޓޯ މެޗުގެ ތެރެއިން
ޕޯޓޯ އަތުން ބަލިވިޔަސް ޗެލްސީ ސެމީއަށް
ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފަހު ލެގުގައި ޕޯޓޯ އަތުން ބަލިވިނަމަވެސް ޗެލްސީން ސެމީގެ ފުރުސަތު ހޯދައިފިއެވެ.

 ޗެލްސީ ސެމީއަށް ދިޔައީ ދެ ލަނޑު އެއް ލަނޑުގެ އެގްރިގޭޓުންނެވެ.  

އަންގާރަ ދުވަހުގެ ރޭ ޕޯޓޯއާ ޗެލްސީ ކުޅުނު މެޗުން ޗެލްސީވަނީ އެއް ލަނޑު ސުން ލަނޑުން ބަލިވެފައެވެ. އެހެންނަމަވެސް ފުރަތަމަ ލެގު ދެ ލަނޑު ސުން ލަނޑުން ޗެލްސީ ކާމިޔާބުކޮށްފައިވާތީ އަންގާރަ ދުވަހުގެ ރޭ ބަލިވިނަމަވެސް ޗެލްސީއަށް ސެމީގެ ފުރުސަތު ލިބުނީއެވެ.

ޗެލްސީން ސެމީގައި ކުޅެން ޖެހޭ ބައެއް އެނގޭނީ މިރޭ ކުޅޭ ރިއާލް މެޑްރިޑް ލިވަޕޫލް މެޗުންނެވެ. މި މެޗުން މޮޅުވާ ބަޔަކު ސެމީގައި ޗެލްސީއާ ކުޅެން ޖެހޭއިރު ރިއާލް މެޑްރިޑް މިރޭ ލިވަޕޫލާ ދެކޮޅަށް ނުކުންނާނީ ފުރަތަމަ ލެގުގައި ތިން ލަނޑު އެއް ލަނޑުން ކުރި ހޯދާފައިވާތީ އެކަމުގެ އެޑްވާންޓޭޖާ އެކުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް