ads
މޯލްޑިވްސް ގޭސް ރޯދަ ޕްރޮމޯޝަން
މޯލްޑިވްސް ގޭސް އިން ރޯދަމަހަށް ހާއްސަ ޕްރޮމޯޝަނެއް
މޯލްޑިވްސް ގޭސް އިން މިއަހަރުގެ ރޯދަ މަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން އެއްވަނައަށް ދާ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެއެވެ. އަދި ދެވަނައަށް ހޮވޭ ފަރާތަކަށް 8،000 ރުފިޔާ ލިބޭއިރު، ތިން ވަނައަށްދާ ފަރާތަކަށް 5،000 ރުފިޔާ ލިބިގެންދާނެއެވެ. މި ވަނަތައް ހޮވާނީ ކަސްޓަމަރުންގެ މެދުގައި ގުރުއަތެއް ލައިގެންނެވެ.

އަދި މީގެ އިތުރުން ކޮންމެ ހަފްތާއަކު ވެސް ގުރުއަތުން ނަސީބުވެރި އެއް ފަރާތެއް ހޮވޭނެއެވެ. މިއީ ހަފްތާއަކު އެއް ފަހަރު ހޮވާ ވަނައަކަށް ވެފައި ގުރުއަތުން ހޮވޭ ފަރާތަކަށް 1،000 ރުފިޔާ ލިބިގެންދާނެއެވެ. 

މޯލްޑިވްސް ގޭސް އިން ވިޔަފާރި ކުރުމާއެކު ކޮންމެ ކަސްޓަމަރަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރި ވެވުނީއެވެ. 

ހަމައެހެންމެ މޯލްޑިވްސް ގޭސް އަށް އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށް މުޅިން ހިލޭ ގޭސްފުޅިއެއް ލިބޭނެއެވެ. 

މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޝައްވާލު މަހުގެ ހަ ރޯދަ ހިފާ ނިމުމާ ހަމައަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް