ads
ރަށްރަށަށް އުދައަރާނެ--
މިއަދުގެ ބައެއް ވަގުތުތަކުގައި އުދައަރާފާނެ، ސަމާލުވޭ!
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައަރާފާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓުން ބުނީ، އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެއަސަރުފޯރުމާއިއެކު ގުގުރުން އެކަށީގެންވާ ަކަމަށެއެވެ. ނަމަވެސް ދެކުނުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓުން ބުނެއެވެ. 

ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކަށް ހުޅަގުދެކުނާއި ހުޅަނގުން ގަޑިއަކު ތިން މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައިވައި ޖެހޭނެކަމަށް ލާފާކޮށްފައިވެއެވެ. 

މީގެ އިތުރުން ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށާއި ރާޅުގެ އުސްމިން އުޅޭނީ 1 ފޫޓާއި 4 ފޫޓާއި ދެމެދުގައި ކަމަށް ލަފާކޮށްފައިވާއިރު، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާތީ މޫސުމަށް ސަމާލުވާން މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް