ads
ތ. ތިމަރަފުށި، އަސަރީގެ، 59 އަހަރުގެ ހަސަން ނިޒާރު----
ކުޑަ ކުއްޖަކަށް ޖިންސީ ހާނިއްކަ ކުރި މީހަކު ހޯދަނީ
ކުޑަކުއްޖަކަށް ޖިންސީ ހާނިއްކަ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ހާނިއްކަ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ތ. ތިމަރަފުށި، އަސަރީގެ، 59 އަހަރުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު، A251407، ހަސަން ނިޒާރު ހާޒިރުކުރަން ބޭނުންވެ، އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ ކަމަށެއެވެ. 

އެހެން ކަމުން ފުލުހުން ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އާއްމުކޮށް އަންގައި އިއުލާނުވެސް ކޮށްފައެވެ. 

އަދި ކުޑަކުއްޖަކަށް ޖިންސީ ހާނިއްކަ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ހަސަން ނިޒާރުއަށް ވަނީ މިއަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 10:00އަށް ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންއަށް ހާޒިރުވުމަށް އަަންގާފައެވެ. 

ފުލުހުން ވަނީ ހަސަން ނިޒާރުގެ ފޯޓޯ އަދި ވަނަވަރުވެސް ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް