ads
ސަލަފުގެ ދަރުހެއްގެ ތެރެއިން: ފޮޓޯ އުނގޫފާރު
ސަލަފަށް ދަރުސް ދެވޭނެ: އިސްލާމިކް މިނިސްޓްރީ
ޖަމިއްޔަތުއް ސަލަފަށް ދަރުސް ދެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޖަމިއްޔަތުއް ސަލަފުން ދަރުސް ދިނުމުގެ ހުއްދަދޭން އެ މިނިސްޓްރީން ސިޓީ ލިބުމާއެކު ނިންމާފައިވާކަމަށެވެ. ނަމަވެސް ޖަވާބު ދިނުމުގައި ލަސްވެފައިވަނީ އިދާރީ އޮޅުމަކުން ކަމަށެވެ. ނަމަވެސް އެކަން އެނގުމުން ދަރުސް ދިނުމުގެ ހުއްދަ ވެސް މިހާރު ދީފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ. 

"ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތައް ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ހަރަކާތްތައް ކުރިޔަށްގެންދިއުމުގެ ފުރުސަތު ހުރިހާފަރާތްތަކަށްވެސް ފަހިވެފައި އޮންނާނެ ކަމުގައި ދަންނަވަން،" - އިސްލާމިކް މިނިސްޓްރީ

ޖަމިއްޔަތުއް ސަލަފުން ވަނީ ސިލޭހަ ނަމުގައި ރޯދަ މަހަށް ހާއްސަ ސިލްސިލާ ދަރުސްތަކެއް ދިނުމަށް ނިންމާފައެވެ. އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާއިރު، މިއަދު ހަވީޜު 4:30 ގައި ވެސް މި ދަރުސް ބޭއްވުމަށް ވަނީ ނިންމާފައެވެ. 

މި ދަރުސް ލައިވްކޮށް ފޭސްބުކް އަދި ޔޫޓިބުން ފެންނާނެއެެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް