ads
ފޮޓޯ: ސީއެންއެމް
ސީއެންއެމް ބަދިގެ: ކަދުރު ކޭކު
ރޯދަމަހަށް ހާއްސަކޮށް ސީއެންއެމްއިން ގެނެސްދޭ "ސީއެންއެމް ބަދިގެ" ގައި މިހިމަނާލަނީ ކޮންމެ ދުވަހަކުވެސް ރޯދަ ވީއްލުމަށް ގޭގައި ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ކޮންމެވެސް ބުއިމެއް ނުވަތަ ކެއުމެކެވެ.

އެގޮތުން މިއަދުގެ ސީއެންއެމް ބަދިގެ އިން މި ހުށަހަޅާލަނީ މި ރޯދަމަހު ގޭގައި ފަސޭހައިން ތައްޔާރު ކޮށްލެވިދާނެ ކެއުމެއް ތައްޔާރުކޮށްލާނެ ގޮތެވެ. 

މިއަދުގެ ކެއުމަކަށް މި ހިމަނާލަނީ "ކަދުރު ކޭކު" އެވެ. 

މި ކޭކު ތައްޔާރުކޮށްލުމަށް ބޭނުންވާނެ އެެެއްޗިއްސާއި ތައްޔާރު ކުރައްވާނެ ގޮތް ތިރީގައި އެވަނީއެވެ

ބޭނުންވާ ތަކެތި:

1 ޖޯޑު ކަދުރު (އޮށް ނަގައި ކޮށާފައި)

½ ޖޯޑު ކެކި ކެކި ހުރި ފެން

1 ސައިސަމުސާ ބޭކިންގް ޕައުޑަރ

1 ޖޯޑު ފުށް

1/3 ސައިސަމުސާ ލޮނު

2/3 ޖޯޑު ހަކުރު

1/3 ޖޯޑު ބަޓަރު (ދިޔާކޮށް ހިހޫކޮށްފައި)

1 ބިސް

1 ސައިސަމުސާ ވެނީލާ އެސެންސް

 

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަަމަ ފެން އެއްޗެއް ހޫނުކުރުމަށް ފަހު އޭގެ ތެރެއަށް ކަދުރާއި، ބޭކިންގް ސޮޑާ ކުޑަ ބޯތަށްޓަކަށް އަޅާފައި އެއްކޮށްލާފައި 30 މިނިޓު ވަންދެން ބަހައްޓާށެވެ. ދެން ހަތް އިންޗީގެ ވަށް ތަބަކެއްގެ ފުލުގަ އާއި އަރިމަތީގައި ތެޔޮ ފޮދެއް އުނގުޅާލާފައި އޭގެ މައްޗަށް ފުށް ފަށަލައެއްހެން ބުރުއްސާލާށެއެވެ. ކޭކު ފިހަން އަވަނަށް ލުމުގެ މަދުވެގެން 10 މިނިޓު ކުރިން 175 ޑިގްރީސް ސެލްސިއަސްއަށް އަވަން ހޫނު ކުރުމަށް ޖައްސާލާށެ އެވެ.

ދެވަނަ ކަމަކަށް ފުށާއި ލޮނު ބޯތަށްޓެއްގެ ތެރެއަށް ފުރާނާލާފައި ބަހައްޓާށެވެ. އަދި ހަކުރާއި، ބަޓަރާއި ބިސް، ބޮޑު ބޯތަށްޓަކަށް އަޅާ ރަނގަޅަށް ސަމުސަލަކުން ނުވަތަ އުލަކުން ގިރާލާށެވެ. ދެން އޭގެ ތެރެއަށް ފޯކުރަން ބެހެއްޓި ކަދުރުކޮޅު އަޅާ އެއްކޮށްލާށެވެ. ދެން ވެނީލާ އެސެންސް އަޅާފައި އަނެއްކާވެސް އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް މަޑުމަޑުން އެއްކުރަމުން ފުށްކޮޅު އަޅާލާށެވެ. ގިރާނީ ހުރިހާ ފުށެއް އެއްވަންދެންނެވެ. އެއަށްވުރެ ބޮޑަށް ގިރައިފި ނަމަ ކޭކު ހަރުވެ އޭގައި ރަބަރު ގޮތެއް ހުންނަން ފަށާނެއެވެ.

ކުރިން ތައްޔާރު ކުރި ތަބަކުގެ ތެރެއަށް އެއްކުރި މިހުރިހާ ސާމާނު އޮއްސާލާށެވެ. ވައި ބޮކިތައް ދުއްވާލުމަށް ތަބަކުން ކައުންޓަރު މަތީގައި ދެތިން ފަހަރަކު ޖަހާލާށެވެ.

ދެން ހޫނު ކުރަން ޖެއްސި އަވަނުގެ މެދު ރެކުގައި ތަބައް ބަހައްޓައިގެން ކޭކުގެ މެދަށް ދަތްކޮށްޓިއެއް ހަރާލާފައި ނަގާއިރު އެ ސާފުކޮށް އޮންނާނެ ވަރަށް ފިހާށެވެ. އެކި އަވަނުން ފިހެވޭގޮތް ތަފާތު ވާނެއެވެ. 

ފިހެވުމުން އަވަނުން ނަގާފައި ތަބަކުން ނުނަގައި 10 މިނިޓުވަންދެން ބަހައްޓާލާން ވާނެއެވެ. އަދި 10 މިނިޓު ވަރު ވީމައި ތަބަކުން ނަގާފައި އިތުރަށް ހިހޫ ކުރަން ބަހައްޓާށެވެ. ހޫނުކޮށް ހުއްޓާވެސް ކާލެވޭނެއެވެ.

މިއީ ރޯދަވީއްލާ ގަޑީގައި ކާލަން މީރު ކެއުމަކަށް ވާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް