ads
ުކުނިތައް ޖަމާކޮށްފައި——ފޮޓޯ:ސީއެންއެމް
ވެމްކޯގެ ހިދުމަތް ބޭނުންވާނަމަ ރަޖިސްޓްރީވެ، ފައިސާދެއްކުމަށް އަންގައިފި
ވެމްކޯގެ ހިދުމަތް ބޭނުންނަމަ އުސޫލާއި އެއްގޮތަށް ރަޖިސްޓްރީވެ، ފައިސާ ދައްކަމުން ދިޔުމަށް ވެމްކޯއިން އަންގައިފި އެވެ

މާލޭ ސަރަހައްދުގައި މި ރޯދަމަހު ގިނަ އަދަދެއްގެ ކުނި ޖަމާކޮށްފައިވާ މައްސަލައާއި ގުޅޭގޮތުން ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، ފާއިތުވި އޭޕްރިލް 12 އަދި 13 ވަނަ ދުވަހުން ފެށިގެން ފުރަމާލެ ސަރަހައްދުގެ އެކި މަގުތަކަށް ގިނަ އަދަދެއްގެ ކުނި ޖަމާކޮށްފައިވާ މައްސަލަތަކެއް އެކޯޕަރޭޝަނަށް ލިބިފަވާކަމަށާއި، އެކުންޏަކީ، އެކޯޕަރޭޝަނުން ގޭބިސީތަކަށް ފޯރުކޮށްދޭ
ދުވަހު ކުނި ނެގުމުގެ އުސޫލަށް ނުފެތޭ، ބަރު އަދި ބޮޑެތިކުރިކަން ވެސް ފާހަގަކުރެވިފަވާ ކަމަށެއެވެ. 

އެކޯޕަރޭޝަނުން ފުރަމާލެ ސަރަހައްދުގެ
ގޭބިސީތަކުގެ އިމާރާތުގެ ތިރީ ފަންގިފިލާއިން ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދެމުން ދަނީ، މާލޭގައި މިވަގުތު އޮތް ކޮވިޑް-19 ގެ ކޮމިޔުނިޓީ ސްޕްރެޑް އާއި ގުޅިގެން، ހިދުމަތް ހޯއްދަވާ އެންމެހާ ފަރުދުންގެ ރައްކާތެރިކަމަށް ބެލުމަށްފަހުގަކަން ފާހަގަކުރަމުން ބުނެފައިވަނީ، އެހެންނަމަވެސް، އެ ހާއްސަ އުސޫލުގެ ނާޖައިޒް ފައިދާ ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީ ނުކޮށް ހުރި ވިޔަފާރިތަކުންނާއި ގޭބިސީތަކުން ނަގަމުންދާކަން އެކޯޕަރޭޝަނަށް ފާހަގަކުރެވިފަވާ ކަމަށާއި އަދި އެފަދަ އަމަލަކީ އެކޯޕަރޭޝަނުން ނުހަނު ކަންބޮޑުވާ، އަދި ހަރުކަށި އިބާރާތުން ކުށްވެރިކުރާ އަމަލެއް ކަމަށެއެެވެ.

“މިބަރަކާތްތެރި ރަމަޟާންމަހު ރޯދައިގެ މަތިވެރި އަޅުކަމުގައި ތިއްބަވާއިރު، މިކޯޕަރޭޝަންގެ
މަސައްކަތަށް ގޭބިސީތަކުން ދައްކަވަންޖެހޭ އުޖޫރައިގެ މަތިން ހަނދުމަފުޅުކޮށް އަރުވަން. އަދި ހިދުމަތަށް ރަޖިސްޓްރީކުރައްވާ، ބަރާބަރަށް
ފީދެއްކުމަށް ހަނދާންކޮށްދެން. ކުރިޔަށްދާ ބަރަކާތްތެރި ރަމަޟާންމަހަކީ އެހެން މަސްތަކާއި ހިލާފަށް ކުނި ގިނަވާ ދުވަސްވަރެއްކަމުން،
މިމުއްދަތުގައި ގޭބިސީތަކަށް ފޯރުކޮށްދޭ ހިދުމަތްތައް ރާވާލެވިފައިވާނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ވާނެ ގޮތަކަށް ރޭގަނޑުގެ 22:00 އިން 23:00 އާއި ދެމެދު. ހަމައެއާއި އެކު، ބަރު އަދި ބޮޑެތި ކުނި އުކާލުމަށް މިކޯޕަރޭޝަނުން ފޯރުކޮށްދޭ ރާއްޖޭގެ އެންމެ އަގުހެޔޮ ޕިކަޕް ޙިދުމަތް "ކެޕްސްގެ ދަތުރުތައް ވެސް ވާނީ އިތުރު ފުރިހަމަކާއި އެކު ހަފްތާގެ ކޮންމެ ދުވަހަކު ލިބޭނެގޮތަށް
އިންތިޒާމްކުރެވިފަ” 

އެހެންކަމުން، ހިދުމަތް ހޯއްދަވާ ކަސްޓަމަރުން އެކަންކަމަށް އިތުރަށް ސަމާލުވުމަށް ވެމްކޯއިން  އިލްތިމާސްކޮށްފައިވެއެވެ. އަދި އުސޫލާއި އެެެއްގޮތަށް ރަޖިސްޓްރީވެ، ފައިސާ ދައްކަމުންދިޔުމަށް ވެސް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް